ރޭގެ މެޗުން މޮޅުވެ ލަލީގާ ކާމިޔާބުކުރުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފި
ރޭގައި ސްޕެނިޝް ލަލީގާގައި ކުޅުން މެޗު ކާމިޔާބުކޮށް ލީގުތަށި ކާމިޔާބު ކުރުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ. ރޭގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައިވަނީ ޑިޕޯޓިވޯ އަލާވޭސް އާއި ބައްދަލުކޮށް 0-2 ގެ ނަތީޖާއަކުންނެވެ. އެ ޓީމުންވަނީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުވެސް ކާމިޔާބު ކޮށްފައެވެ. ރެއާލް މެޑްރިޑުން އެ ޓީމުގެ މުހިންމު ތިން ޑިފެންޑަރުން ކަމުގައިވާ ސާޖިއޯ ރާމޯސް އަދި ޑެނީ ކަރަވަހާލް ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ކުޅެފައިނުވާއިރު މާސެލޯ ވެސް […]