ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ޖަމްޢިއްޔާގެ ފަރާތުން އެ ރަށު ބަނދަރުގެ ހަތް ސަރަހައްދެއްގައި ކުނިއެޅުމަށް ޓަކައި ޑަސްބިން ބަހައްޓައިފިއެވެ.

އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހިނގާ 2020 ވަނަ އަހަރު އެ ޖަމްޢިޔާއިން ވާނީ ދިއްދޫގެ ތިމާވެށި ހިމާޔަތް ކުރުމަށް ޕްރޮގުރާމްތަކެއް މިހާރުވެސް ހިންގާފައި ކަމަށާއި، މިގޮތުން މި ހަރަކާތަކީ ވެސް އެ ލިސްޓަށް އިތުރުވެގެން ދިޔަ ކަމެއްކަމުގައެވެ.

Ad
rt

ޑަސްބިން ބެހެއްޓުމަށް ބަނދަރު ޚީޔާރުކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ، ދިއްދޫގެ ބަނދަރު ހިމެނޭ ސަރަހައްދުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމެވެ. އަދި އެ ރަށަކީ އެކިބޭނުންތަކުގައި އަތޮޅުގެ ރައްތަކުން ގިނަ އަދަދެއްގެ މީހުން އައިސް ގޮސްވާ ރަށަކަށް ވުމުން ބަނދަރު ބޭނުން ކުރާ މީހުންނަށް އެ މާހައުލު ހިތްގައިމު ސާފުތަނެއް ގޮތުގައި ބޭއްވުމަކީ ވެސް މިހަރަކާތުގެ މަޤުޞަދެއް ގޮތުގައި އެފަރާތުން ފާހަގަކޮށްފައިވެއެވެ.

މިކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރމެންޓާއި، ދިއްދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަބްދުﷲ ވަހީދާއި އަދި ފެނަކަ ދިއްދޫ ބްރާންޗްގެ ނަން ފާހަގަކޮށް އެ ފަރާތުންވަނީ ޝުކުރު ދަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް އެންވަރަމެންޓްގެ ސީނިޔާ އެކްޒެކެޓިވް ޑައިރެކްޓަރ އަޙްމަދު ރިޝްވާންއަށް މިކަންކަން ފަހިކޮށްދިނުމުގައި އެހީތެރިވެދީފައިވާތީ ޝުކުރު ދަންނަވާފައިވެއެވެ.

މި ބެހެއްޓޭ ޑަސްބިންތަކަށް ޖަމާވާކުނި ކަނޑައެޅިފައިވާ ތާވަލެއްގެދަށުން އުކުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފެންކަ ދިއްދޫ ބްރާންޗްގެ ފަރާތުންނެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ޖަމްޢިއްޔާއަކީ ދިއްދޫގައި އިޖްތިމާޢީ ކަންތައްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ.