ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

މިކަން ހާމަކުރައްވައި މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓްގައި ބުނެފއިވަނީ ކޯވިޑް-19ގައި މިއަދު ފަތިހު 4:35 ހާއިރު އުމުރުން 80 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ ކަމަށެވެ.

Ad
rt

އެޗްޕީއޭއިން ބުނީ، މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ކަމަށެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 12 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 5 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 2468 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 403 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2049 އަށް އަރާފައެވެ.