ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނަކަށް ޑރ. ފާތިމަތު ނަޒްލާ ރަފީޤު ހަމަޖައްސައިފިއެވެ.

ހެލްތު މިނިސްޓްރީން މިކަން ހާމަކުރައްވައި މިރޭ ކުރައްވާފައިވާ ޓްވީޓްގައިވަނީ އެޗްޕީއޭގެ ސީނިއާރ މެޑިކަލް އޮފިސަރ ޑރ.ފާތިމަތު ނަޒްލާ ރަފީޤް އެޗްއީއޯސީގެ ތަރުޖަމާނަޖަށް ހަމަޖައްސަވައިފާވާކަމަށެވެ.

Ad
rt

ސަރުކާރުންވަނީ ކުރިން ހިންގަމުން އައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ޖުލައި މަހުގެ އެކަކުން ފެށިގެން އުވާލައި އެ ސެންޓަރުގެ މަސައްކަތް އެޗްއީއޯސީ ގެ ދަށަށް ބަދަލުކޮށްފައެވެ. ކުރިން ކޯވިޑްގެ ކަންކަން ބަލަހައްޓަމުންއައި އެންއީއޯސީގެ މަސައްކަތްތައް އެޗްއީއޯސީއަށް ބަދަލުކުރި ނަމަވެސް އެ ސެންޓަރުން ދެމުންއައި ޚިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި ދެވޭނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

އެންއީއޯސީ މިމަހުގެ ފުރަތަމަ ދުވަހު އުވާލިއިރު އެ ސެންޓަރުގެ ތަރުޖަމާނުގެ މަޤާމް ފުރުވާފައިވަނީ ރައީސް އޮފީހުގެ އަންޑާ ސެކެއްޓްރީ މަބްރޫކް އަބްދުލް އަޒީޒެވެ.

މިރޭ އެޗްއީއޯސީން ކޮވިޑް19 އާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވެސް ޑރ.ނަޒްލާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބަލިމަޑުކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވެފައިވަނީ މާލެއިން އަދިވެސް މި ބަލިމަޑުކަން ފިލައިގެން ނުދާކަމަށާއި، ވުމާއިއެކު މި ބަލިމަޑުކަމާއި ގުޅިގެން ކުރައްވަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ވެސް ކުރައްވަމުން ގެންދަވާނެ ކަމުގައެވެ.