ހއ. ކެލާގައި ގާއިމްކުރަން ހަމަޖެހިފައިވާ، ކުނި މެނޭޖުކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފައާއިއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ބީލަން އުސޫލުން ހަވާލުކޮށްފައިވަނީ "މަންގަނޑު" ކުންފުންޏާކަމަށާއި އަދި މި މަސައްކަތަކީ އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި އެންވަޔަރަންމެންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަށް ޖުމްލަ 496،502.50 ދިވެހި ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިވާ ކަމަށާއި އަދި އެރަށުގެ ކުނިމެނޭޖުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމިހުރި މަސައްކަތް ނިންމުމަށް "މަންގަނޑު" ކުންފުންޏާއި ޙަވާލުކޮށްފައި ވަނީ 2 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ކުނި ރައްކާތެރިގޮތުގައި މެނޭޖުކުރުމަށް ބޭނުންވާ މަރުކަޒުތައް ތަރައްޤީކުރުމާއި އެތަންނަށް ބޭނުންވާ ވަޞީލަތް ޤާއިމުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!