ރާއްޖެއިން ކޯވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އަންހެނަކާއި ފިރިހެނެކެވެ. މި އަންހެން މީހާ ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:04 ހާއިރުއެވެ. ނިޔާވި އަންހެން މި މީހާގެ އުމުރަކީ 63 އަހަރެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައި ފިރިހެން މީހާއަކީ ދިވެހިރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަސަން މަނިކު (ކޮއްޔަ ހަސަން) އެވެ. ހަސަން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ހަސަން ނިޔާވިއިރު އުމުރަކީ 67 އަހަރެވެ.
މި ދެ މަރާއިއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 60 އަށް އަރާފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް ބަލީގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ކޯވިޑްގެ ތިންވަނަ ރާޅެއް ރާއްޖެއަށް އަރާފައިވާއިރު މިހާތަނަށް ރާއްޖެއިން އަށާރަ ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!