ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅުން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިރޭ 21:33 ގައެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ ނޭކުރެންދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެ ރަށަށަށް އެރުމަކީ މަނާކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން '''ތިލަދުން'' އަށް މަޢުލޫމާތު ދެމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވެފައިވަނީ ޕޮޒިޓިވް ވެފައިވަނީ ރިސޯޓެއްގައި ހުރުމަށްފަހު ޗުއްޓީއަށް ރަށަށް އައިސް ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ރަށުގައި ހުރުމަށްފަހު އެނބުރި ކަނޑުމަގުން ރިސޯޓަށްދިޔަ އެރަށު މީހެއް ކަމަށެވެ.
''އިރާދަ ކުރެއްވިއްޔާ މިރަށުގެ އާންމު ހާލަތު ރަނގަޅު، މިވަގުތު މިދަނީ އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތީން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން''
އަލީ ވިދާޅުވިއެވެ.
ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު ވަނީ ތިލަދުންމަތިން ހއ. ދިއްދޫ ހޯމް ކަރަންޓީނުގައި ހުރިމީހެއް ވެސް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!