ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީބޯޅަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް އަދި ޖަމްޢިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 6 ޓީމް އަދި އަންހެން 7 ޓީމެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ހިރިމަރަދޫ ހިރިޒިލް، ހަނިމާދޫ ސާއްބާ އެކުވެރި ކުލަބް، ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް، ޓީމް ކުޅުދުއްފުށި، ނޭކުރެންދޫ ވޮލީ ޓީމް އަދި ވައިކަރަދޫ ވޮލީ ޓީމެވެ.
މި މުބާރާތުގައި ބައިވެރި ވެފައިވާ އަންހެން ޓީމްތަކަކީ ހިރިމަރަދޫ ހިރިޒިލް، ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ، ނޮޅިވަރަންފަރު ލައިކަން، ޓީމް ނައިވާދޫ، ޓީމް ނޮޅިވަރަން، ޓީމް ކުޅުދުއްފުށި އަދި ކުމުންދޫ ސްޕޯޓްސް ކުލަބެވެ.
ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން 2019 ވަނަ އަހަރު ވެސް ވަނީ ހދ.އަތޮޅުގެ ރަށްތަކަށް ހާއްސަ ކޮށްގެން ވޮލީ މުބާރާތެއް ބާއްވާފައެވެ. ކޯވިޑްގެ ސަބަބުން 2020 ވަނަ އަހަރު މި މުބާރާތް ބާވާފައި ނުވެއެވެ.
މި އަހަރުގެ މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ ހދ.ނޮޅިވަރަމްފަރުގައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 8 މާޗް 2021 ވާ ހޯމަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!