ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް: ދިރާގު ބަލިކޮށް ޗެމްޕިއަންކަން އުރީދޫއަށް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން އުރީދޫއިން ހޯދައިފިއެވެ. ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު، އުރީދޫއިން ކާމިޔާބު ކޮށްފައި ވަނީ މުބާރާތުގެ އެންމެ ފަހު ޗެމްޕިއަން ޓީމް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި އުރީދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފއެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކުރިއިރު، ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]