ހެންވޭރު ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

ހ.ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރުއެވެ.

Ad
rt

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރުއެވެ.

މި ހާދިސާގައި 10 މީހުނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އިމާރާތަކީ ބިދޭސީން ދިރިއުޅެމުން އަންނަ އިމާރާތެކެވެ.

އިއްޔެ ވެސް މާލޭގައި ވަނީ އަލިފާނުގެ ހާދިސާއެއ ހިނގާފަ އެވެ. އިއްޔެ ރޯވެފައި ވަނީ ހެންވޭރު ގެއެއްގެ ބަދިގޭގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.