ނަޕޯލީ ބަލިކޮށް މިލާން އެއްވަނައަށް
އިޓާލިއަން ސީރިއާ އޭގައި ނަޕޯލީއާއި އޭސީ މިލާން ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ. މެޗުގައި މިލާނުން ލީޑު ނަގާފައި […]