ށ.ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޯހަކީ ފޯކައިދޫގެ ޒުވާނުންގެ އިތުރު އެކި އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކޯހެކެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހފައި ވަނީ 5 މާޗް 2022 އިން 15 މާޗް 2022 ގެ ނިޔަލަށް ޖުމްލަ ދިހަ ދުވަހަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން 6540048، 9955987 މި ނަމްބަރުތަކަށް ގުޅުއްވައި ނަން ނޯޓް ކުރުމުގެ އެންމެހާ ކަންކަން ފުރިހަމަ ކުރެއްވުމަށް ފޯކައިދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ކޯހުގެ ސެޝަންތައް ފޯކައިދޫ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މި ކޯހުގެ ކޮންމެ ބައިވެރިއެއްގެ އަތު ފީއެއްގެ ގޮތުގައި 2500 (ދެހާސް ފަސްސަތޭކަ ރުފިޔާ) ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރޯގައި ހިމެނިފައިވާ ނަމްބަރަށް ގުޅުއްވުމަށް ފޯކައިދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މަރްޔަމް ލުއާ 9955987
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!