ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ހއ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައެވެ. މި ޕްރޮގްރާމުގައި އެ އަތޮޅު ހުރިހާ ރަށަކުން އިމާމުންނާއި ޚަތީބުން ހިމެނޭހެން ޖުމްލަ […]