ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮށް ދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖޫންމަހުއެވެ.

Ad
rt

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައި ހިންގާ މި ޕްރޮގްރާމުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ބައިވެރިވުމަށް އެދި އެންމެ ފުރަތަމަ ނަން ނޯޓް ކުރާ 40 ފަރާތަށެވެ. މި ޕްރޮގްރާމުގައި 18 އަހަރުން މަތީގެ ހަމަ ކޮންމެ ކަނބަލަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތަކުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން (9946419/9730673) މި ނަމްބަރުތަކަށް ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.