އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި ކުޅިމަގު ކުޅުނު ފުރަތަމަ މެޗުތައްކުން މޮޅުވިއިރު، ނައިވާދޫއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި މަނަފަރެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ހަނިމާދޫ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 11، އާލިފް އިބްރާހީމްއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ އިހަވަންދޫ ކުޅިމަގާއި މާރަންދޫ ޔޫތު ސޮސައިޓީއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކުޅިމަގުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގު ޓީމްގެ ޖޯޒީ ނަމްބަރު 23، މުޙައްމަދު ޝިފާއުއެވެ.
ތިންވަނަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތެވެ. މިއީ ނައިވާދޫ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ނައިވާދޫ މޮޅުވީ އިހަވަންދޫ ބޮޑުމަގާއި ވާދަކޮށް ތަފާތު ބޮޑުކޮށެވެ. ނަމަވެސް އިހަވަންދޫ ޔުނައިޓެޑް ޔޫތާއި ނައިވާދޫ ބައްދަލު ކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝާންއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމަކަމަށްވާ އެންވީކޭއާއި ބޮޑުމަގެވެ. ދެވަނަ މެޗުގައި ޓީމް ހަނިމާދޫ ބައްދަލުކުރާނީ ސެންސިޓީއާއެވެ.
މި މުބާރާތުގައި އިހަވަންދޫގެ ހަ ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ ބޮޑުމަގު، އެންވީކޭ، ކްލަބް އިރަމާ، ޔުނައިޓެޑް ޔޫތު، ކުޅިމަގު އަދި ސެންސިޓީއެވެ. އިހަވަންދޫއަށް ނިސްބަތްނުވާ ހަތަރު ޓީމުން މި މުބާރާތުގައި ވާދަކުރެއެވެ. އެއީ ޓީމް ހަނިމާދޫއާއި، ޓީމް ނައިވާދޫއާއި، މާރަންދޫ ޔޫތު ސޮސައިޓީގެ އިތުރުން މަނަފަރު ރިސޯޓުން ވާދަކުރާ މަނަފަރު އެފްސީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!