އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި ކޮލަމްބިއާގެ ވިންގަރ ކުއަޑާޑޯ އިންޓަ މިލާނަށް ސޮއިކޮށްފިއެވެ.

އުމުރުން 35 އަހަރުގެ ކުއަޑާޑޯ ޔުވެންޓަސްއާއިއެކު ހަދާފައިވާ އެއްބަސްވުން ސީޒަންގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ވުމާއެކު އޭނާ އިންޓަ މިލާނާއި ގުޅިފައި މިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

Ad
rt

އިންޓަ މިލާނަކީ އިޓާލިއަން ލީގުގައި ކުއަޑާޑޯ ކުޅޭ ހަތަރުވަނަ ކުލަބެވެ. މީގެ ކުރިން އޭނާ ވަނީ އުދިނޭޒީ ލެޗޭގެ އިތުރުން ފިއޮރެންޓީނާއަށް ކުޅެފައެވެ. ކުއަޑާޑޯ ޔުވެންޓަސްއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ.

އިންޓަ މިލާނާއި ގުޅުމަށް ފަހު އޭނާ ބުނީ އިންޓަ މިލާނަކީ ޔޫރަޕުގެ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރެއިން ކުލަބެއް ކަމަށާއި އެ ކުބާއި ގުޅުމަކީ ލިބިގެންދާ ޝަރަފެއް ކަމަށެވެ.

އެހެން ކުލަބުތަކުން ވެސް އޭނާއަށް ހުށަހެޅުންތައް ލިބުންކަން ފާހަގަ ކުރަމުން އޭނާ ބުނީ އިޓަލީގައި ދިރިއުޅެން އޭނާގެ އާއިލާއިން ވެސް ވަރަށް ގަޔާވާ ކަމަށާއި، އިޓަލީއަކީ އޭނާގެ ދެވަނަ ގެ ކަމަށެވެ.

ކުއަޑާޑޯ ވަނީ ޔުވެންޓަސްގައި ހޭދަކުރި އަށް އަހަރުތެރޭ އެ ޓީމަށް 314 މެޗު ކުޅެ ޖުމްލަ 11 ތައްޓެއް ކާމިޔާބު ކޮށްފައެވެ.