ށ. ނަރުދޫގައި ބޭއްވި ފަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

މި ކޯހަކީ ށ. އަތޮޅު ކައުންސިލާއި ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ.

Ad
rt

ޖޫން ދިހަވަނަ ދުވަހުން ފެށިގެން އަށާރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެ ރަށުގެ 24 ކަނބަލަކު ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ.

މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ މަރިޔަމް ރަޝީދާ ވިދާޅުވީ މި ކޯހަކީ ވަރަށް ކާމިޔާބު ކޯހެއް ކަމަށާއި ބައިވެރިވި ހުރިހާ ފަރާތްތަކުން ކޯސް ނިންމައި ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މި ކޯހާއި ގުޅުވައިގެން އެ ރަށު ސްކޫލް ކުދިންނަށް ވެސް ވަނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ކޯސް ކުރިއަށް ގެންދިޔުމުގައްޔާއި އަދި އެހެނިގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގައި ވެސް އަތޮޅު ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެ ކައުންސިލަށް މަރިޔަމް ވަނީ ޝުކުރު އަދާކޮށްފައެވެ.