Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,666 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އަހަރެއްހާ ދުވަހުގެ ތެރޭގައި، އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ
News

އަހަރެއްހާ ދުވަހުގެ ތެރޭގައި، އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ އެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރ އަށް ފަހުން ފުރަތަމަ ފަހަރަށް އެޕަލްގެ މާކެޓް ކެޕިޓަލްގެ އަގުވަނީ ދެ ޓްރިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. އެއާއި އެކު އެ ކުންފުނީގެ އަގު މިވަނީ ތިން ޓްރިލިއަން ޑޮލަރުގެ ވެއްޓުމެއް ކުރިމަތިވި ފުރަތަމަ ޕަބްލިކް ޓެކް ކުންފުންޏަކަށް ވެގެން ގޮސްފަ އެވެ. މިދިޔަ އަންގާރަ ދުވަހު ނިމުނުއިރު، އެޕަލް […]

އިންޑިއާ އާއި ރާއްޖެ ގުޅާލާ "ޕަވަރ ޓްރާންސްމިޝަން ގްރިޑް" އެއް އެޅުމަށް ދިރާސާއެއް ކޮށްފި
International

އިންޑިއާ އާއި ރާއްޖެ ގުޅާލާ "ޕަވަރ ޓްރާންސްމިޝަން ގްރިޑް" އެއް އެޅުމަށް ދިރާސާއެއް ކޮށްފި

އިންޑިއާ އާއި ދިވެހިރާއްޖެ ގުޅާލާ “ޕަވަރ ޓްރާންސްމިޝަން ގްރިޑް” އެއް އެޅުމަށް ދިރާސާއެއް ކޮށްފި އެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން “ތިލަދުން” އަށް ވަނީ މިދިރާސާ ކުރުމަށް އިންޑިޔާގެ ޓީމެއް މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. އިންޑިއާގެ ޔޫނިއަން މިނިސްޓްރީ އޮފް ޕަވަރ އިން ނެރުނު ރަސްމީ ބަޔާނެއްގައި އަންގާރަދުވަހު ބުނެފައިވަނީ އިންޑިއާގެ ޓެކްނިކަލް ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ދެގައުމުގެ ދެމެދުގައި ކަރަންޓް ޓްރާންސްމިޝަން ގްރިޑްއަކުން ގުޅާލުމަށް ޓެކްނ...

މިގެންނަ ތަރައްޤީ އާއި އެކު، ތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރަން ވިޔަފާރިވެރިންގެ ޝައުގުވެރިކަން އިތުރުވާނެ: ރައީސް
Thiladhunmathi News

މިގެންނަ ތަރައްޤީ އާއި އެކު، ތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރަން ވިޔަފާރިވެރިންގެ ޝައުގުވެރިކަން އިތުރުވާނެ: ރައީސް

މި ސަރުކާރުން ބޮޑު ތިލަދުންމައްޗަށް މިގެންނަ ތަރައްޤީ އާއި އެކު، ތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރަން ވިޔަފާރިވެރިންގެ ޝައުގުވެރިކަން އިތުރުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަކީ މިހާތަނަށް އައިއިރު މާބޮޑު ކުރިއެރުމެއް ނެތް ސަރަހައްދެއްކަމަށާއި، އެކަން...

މިއާއިލާގައި "ގްރިޒްމަން އެމްބާޕޭ" އާއި "ނޭމާ ރޮނާލްޑޯ" އަދިވެސް އިތުރު ތަރިން!
International

މިއާއިލާގައި "ގްރިޒްމަން އެމްބާޕޭ" އާއި "ނޭމާ ރޮނާލްޑޯ" އަދިވެސް އިތުރު ތަރިން!

ފުޓްބޯޅައަށާއި ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯތްބާއި އިޙްތިރާމް ފާޅުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކަންތައް ކޮށްއުޅެއެވެ. އެގޮތުން މިއީ ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯބި ތަފާތު ގޮތަކަށް ދައްކަމުން އަންނަ އާއިލާއެކެވެ. ނިމިދިޔަ ވޯލްޑް ކަޕަކީ ޗިލީ ގެ ޕަކާޗޭ މިއާއިލާއަށް ވަރަށް ފޯރިގަދަ މުބާރާތަކަށް ވެގެން ދާނެކަން ޔަގީނެވެ. އެއާއިލާގައި ފުޓްބޯޅައިގައި މަޝްހޫރު ތަރިންގެ ނަމުން ނަން ދީފައިވާ އެތައް ކުދިންނެއް އެބައުޅެއެވެ. މިއަހަރު މި އާއިލާއަށް އުފަންވި ކުއްޖަކަށް ފްރ...

ދުބާއީއަށް ވަރަށް ވިއްސާރަ، ބުރުޖް ޚަލީފާގައި ބޮޑު ކުޑައެއް!
International

ދުބާއީއަށް ވަރަށް ވިއްސާރަ، ބުރުޖް ޚަލީފާގައި ބޮޑު ކުޑައެއް!

މިދުވަސްވަރަކީ ދުބާއީއަށް މޫސުން ގޯސްވެ ވަރަށް ވިއްސާރަ ކުރާ ދުވަސް ވަރެކެވެ. ޔޫއޭއީގެ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން އިއްޔެވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދުބާއީ އަށް ޔެލޯ އަދި އޮރެންޖް އެލާޓް ނެރެފައެވެ. އެއާއިއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ފަރުވާތެރިކަމާއެކު މަގުމަތީގައި ދުއްވާއެއްޗެހި ދުއްވުމާއި ފެންބޮޑުވާ ސަރަހައްދުތަކުން ދުރުހެލިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ސެންޓަރުން ބުނީ ފިނިހޫނުމިން އާންމު ދުވަސްތަކަށްވުރެއް ދަ...

އާޖެންޓީނާގެ "3 ތަރި ޖެހި" ޖާޒީ ގަންނަން ސަފު ހަދާފަ، 10 އަކަށް ޑިމާންޑު ބޮޑު
Sports

އާޖެންޓީނާގެ "3 ތަރި ޖެހި" ޖާޒީ ގަންނަން ސަފު ހަދާފަ، 10 އަކަށް ޑިމާންޑު ބޮޑު

މިއަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް 2022 ކާމިޔާބުކުރުމަށްފަހު، “3 ތަރި ޖެހި” އާޖެންޓީނާގެ އާ ޖާޒީ އަށް ޑިމާންޑު ބޮޑުވެއްޖެ އެވެ. ކަލީޖްޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުން ގަތަރުގައި ހުރި އެޑިޑާސްގެ ފިހާރަތަކުގެ ކުރިމަތީގައި ސަޕޯޓަރުންވަނީ މި ޖާޒީ ގަތުމަށް ސަފު ހަދައިގެން އެތައް އިރަކު ތިބެން ޖެހިފައިކަމަށެވެ. ވޯލްޑް ކަޕްގެ ތިންވަނަ ތަށި އާޖެންޓީނާއަށް ހޯދައިދިން ތަރި ލިއޮނަލް މެސީގެ ހުވަފެން ފުރިހަމަވެފައިވާއިރު ސަޕޯޓަރުންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުވެފައިވަނީވެސް މެސީގެ 10 ނަންބަރު...

ޖީމެއިލްގައި ނުކިޔާ ހުރި އީމެއިލްތައް، އެއްފަހަރާ ޑިލީޓް ކުރާނެ ގޮތް
News

ޖީމެއިލްގައި ނުކިޔާ ހުރި އީމެއިލްތައް، އެއްފަހަރާ ޑިލީޓް ކުރާނެ ގޮތް

ގިނަ މީހުންގެ އީމެއިލް އިންބޮކްސްގައި ގިނައީ ނުކިޔާހުރި އީމެއިލްތަކެވެ. ފޭސްބުކާއި އެކި އެކި ވެބްސައިޓް ތަކުގައި ސަބްސްކުރައިބް ކުރެފައިވުމުން، ފޮނުވާ އެކި އެކި ނިއުސް ލެޓާތަކާއި އިސްތިހާރުތަކުން ޖީމެއިލް އޮންނަނީ ފުރި ބާރުވެފަ އެވެ. ނުކިޔޭ އީމެއިލްތައް ގިނަވެ ހައްދުން ނެއްޓުމުން ނޮޓިފިކޭޝަން އޮފްކޮށްލާ މެއިލް އަންނާނެވަރަކަށް އައިސް އިންބޮކްސް ފުރެންދެން މެއިލްތައް ފުނިޖެހެން ފަށައެއެވެ. އަވަދި ނެތި އުޅެމުން އިންބޮކްސް ތަރުތީބުކޮށް ހަމައަކަށް އަޅުވަން އުޅެން ހަނދާންވަނީ ސްޕޭސް ހުސްވާކަމުގެ އިން...

ސުނާމީގެ ބިޔަ ރާޅު މަތިން، ޖަޕާނުގެ ކޯސްޓު ގާޑު ދަތުރުކުރާ މަންޒަރަށް ސަމާލުކަން!
International

ސުނާމީގެ ބިޔަ ރާޅު މަތިން، ޖަޕާނުގެ ކޯސްޓު ގާޑު ދަތުރުކުރާ މަންޒަރަށް ސަމާލުކަން!

2011 ވަނަ އަހަރު ޖަޕާނުގެ ޓޮހޮކޯ ނަމަކަށް ކިޔާ އަވަށަށް އައި ވަރުގަދަ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ބިޔަ ރާޅު މަތިން ޖަޕާނުގެ ކޯސްޓްގު ދަތުރުކުރާ މަންޒަރު އާންމުކޮށްފި އެވެ. ޖަޕާނުގެ ކޯސްޓު ގާޑުން އާއްމު ކޮށްފައިވާ މި ވީޑިއޯއިން ފެނިގެންދަނީ، ސުނާމީގެ ބިޔަ ރާޅުތަކުގެ މަތިން ކޯސްޑް ގާޑު ދަތުރު ކުރަމުން ދާ މަންޒަރެވެ. މީސްމީޑިއާގައި މި ވިޑިއޯ އާއްމު ކުރުމާއެކު ގިނަބައެއްގެ ސަމާލުކަން ވަނީ މިވީޑިއޯއަށް ލިބިފައެއެވެ. އެވީޑިއޯއިން ފެންނަ މަންޒަރުތަކާއި ސަމާލު […]

ނިޝާމާ މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެން: ފުލުހުން
Thiladhunmathi News

ނިޝާމާ މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެން: ފުލުހުން

ހދ. ނޮޅިވަރަމްގައި މަރާލާފާއި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދު މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާއިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ. ފުލުހުން މިރޭ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާކަމަށެވެ. “އެ ރިޕޯޓްގައިވާ ގޮތުން ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެ...

ދުވާފަރު ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓް ފިއްޓޭ
Raajje

ދުވާފަރު ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓް ފިއްޓޭ

ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފި އެވެ. މި އިންތިހާބުގައި ވާދަކުރީ 3 ކެނޑިޑޭޓުންނެވެ. އަމިއްލަ ގޮތުން ވާދަކުރި އަޙްމަދު ޙުސައިން އަށް ލިބިފައިވަނީ 298 ވޯޓެވެ. އިދިކޮޅު ޕީޕީއެމްއިން ވާދަކުރި ފާތިމަތު އަލީ އަށް ލިބިފައިވަނީ 544 ވޯޓެވެ. 68 ވޯޓުގެ ތަފާތުން މި އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ނަޡީމް (ފިއްޓޭ) އަށް ލިބިފައިވަނީ 612 ވޯޓެވެ. އެރަށުގައި […]

ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި، އުލިގަމުގައި 9 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
Thiladhunmathi News

ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި، އުލިގަމުގައި 9 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި، ހއ. އުލިގަމުގައި 9 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ. ފުލުހުން ވަނީ އެކުއްޖާ ނިޔާވެފައިވާކަން މިޑީއާތަކަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިފައިވާކަމުގެ މަޢުލޫމާތު މިއަދު 17:50 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެކުއްޖާއަށް އުލިގަމު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައިކަމަށް ފުލުހުން ވިދާޅުވި އެވެ. އެރަށު ކައުންސިލުގެ ނައިބު ރައީސް އައްސަދުﷲ...

ފްރާންސްގެ ދެ ލައްކައެއްހާ ސަޕޯޓަރުން ވޯލްޑް ކަޕް ފައިނަލް ކުޅެން ބޭނުން ވަނީ ކީއްވެ؟
Sports

ފްރާންސްގެ ދެ ލައްކައެއްހާ ސަޕޯޓަރުން ވޯލްޑް ކަޕް ފައިނަލް ކުޅެން ބޭނުން ވަނީ ކީއްވެ؟

ކޮންމެ ސަޕޯޓަރަކުވެސް ބޭނުންވާނީ އެމީހަކު ސަޕޯޓު ކުރާ ޓިމެއް މޮޅު ވާށެވެ. ޓީމު މޮޅު ނުވެއްޖެނަމަ ސަޕޯޓަރުންގެ ޝަކުވާ ގޯނި އޮއްސާލާނީ ރެފްރީގެ ބޮލަށެވެ. ނޫނީ އިދިކޮޅު ޓީމަށެވެ. މި ފަހަރު މި ދިމާމީ ވެސް އެފަދަ ކަމެކޭ ބުނެވިދާނެބާއެވެ؟ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް އަލުން ކުޅުމަށް ފްރާންސްގެ ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން މި ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. މިހާތަނަށް ދުއް އެންމެ ފޯރިގަދަ ވޯލްޑް ކަޕް ފައިނަލް މެޗްގެ ފުރަތަމަ […]

ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި 6 މަސްފަހުން މީހަކު ހޯދަން އިޢުލާންކޮށްފި
Raajje

ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި 6 މަސްފަހުން މީހަކު ހޯދަން އިޢުލާންކޮށްފި

ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފޮޓޯ އާންމު ކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއްކަމަށެެވެ. ފޮޓޯއިން ފެންނަ މީހާއަކީ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށް ވެސް ފުލުހުން ބު...

އެމް.އެން.ޔޫ އާއި އެން.ޑީ.އެމް.އޭ އާ ދެމެދު ފަހުމުނާމާއެއް
Raajje

އެމް.އެން.ޔޫ އާއި އެން.ޑީ.އެމް.އޭ އާ ދެމެދު ފަހުމުނާމާއެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ. ދިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށްޓަކައި ޙާއްސަ ރަސްމިއްޔާތެއް ވަނީ، މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ. އާއި އެން.ޑީ.އެމް.އޭ. ގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިފަހުމުނާ...

އިންޑިއާގެ ބޭސް އުފައްދާ 16 ކުންފުންޏެއް ނޭޕާލުން ބްލެކްލިސްޓް ކޮށްފި
International

އިންޑިއާގެ ބޭސް އުފައްދާ 16 ކުންފުންޏެއް ނޭޕާލުން ބްލެކްލިސްޓް ކޮށްފި

އިންޑިއާގެ ބޭސް އުފައްދާ 16 ކުންފުންޏެއް ނޭޕާލުން ބްލެކްލިސްޓް ކޮށްފި އެވެ. ނޭޕާލްގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން މި ކުންފުނިތައް ބްލެކްލިސްޓް ކޮށްފައިވަނީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަޑު ތަކަށް އަމަލު ނުކުރާތީ ކަމަށް އެފަރާތުން ނެރުނު ނޯޓިސްގައި ވެއެވެ. ބްލެކްލިސްޓު ކުރި ކުންފުނި ތަކުގެ ތެރޭގައި ދިވްޔާ ފާމަސީ އާއި އިންޑިއާގެ މަޝްހޫރު ޔޯގާ ގުރޫ ރާމް ދޭވް ކުންފުނީގެ ޕަތަންޖަލީ ގެ އުފެއްދުންތައް ހިމެނެއެވެ. ޑިޕާޓްމެންޓް އޮފް ޑްރަގް އެޑްމިނިސްޓްރެޝާނުން […]