2011 ވަނަ އަހަރު ޖަޕާނުގެ ޓޮހޮކޯ ނަމަކަށް ކިޔާ އަވަށަށް އައި ވަރުގަދަ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ބިޔަ ރާޅު މަތިން ޖަޕާނުގެ ކޯސްޓްގު ދަތުރުކުރާ މަންޒަރު އާންމުކޮށްފި އެވެ.
ޖަޕާނުގެ ކޯސްޓު ގާޑުން އާއްމު ކޮށްފައިވާ މި ވީޑިއޯއިން ފެނިގެންދަނީ، ސުނާމީގެ ބިޔަ ރާޅުތަކުގެ މަތިން ކޯސްޑް ގާޑު ދަތުރު ކުރަމުން ދާ މަންޒަރެވެ. މީސްމީޑިއާގައި މި ވިޑިއޯ އާއްމު ކުރުމާއެކު ގިނަބައެއްގެ ސަމާލުކަން ވަނީ މިވީޑިއޯއަށް ލިބިފައެއެވެ.
އެވީޑިއޯއިން ފެންނަ މަންޒަރުތަކާއި ސަމާލު ވުމަށް އެދި ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރާ އަޑު އިވިގެންދެއެވެ.
ފެނިގެންދާ ވީޑިއޯ ކްލިޕް އަށް ކޮމެންޓް ކުރަމުން މީހަކު ލިޔެފައި ވަނީ " އޭގެ މާނަ އަކީ ވީޑިއޫ ނިމުނު އިރު ދޯނި އެ އޮތީ ކަނޑުގެ ލޮނުގަނޑުން 20 މީޓަރަށްވުރެން މަތީގައި" އަދި މި ވީޑިއޯއިން ރާޅުތަކުގެ އުސްމިން ދައްކުވައިދޭ ކަމަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ.
2011 މާރޗު 11 ވަނަ ދުވަހު އައި މި ބިންހިލެނުން ވެގެން ދިއައީ ތާރީހުގައިވެސް ޖަޕާނަށް ރެކޯޑު ކުރެވުނު އެންމެ ވަރުގަދަ ބިންހެލުމުގެ ގޮތުގައެވެ. ހަމަ އެއާއެކު ހޮންޝޫގެ ޖަޒީރާ ގެ އުތުރު ބައެއްކަމަށްވާ ޓޮހޯކޯ ސަރަހައްދުގެ އެންމެ ބޮޑު ސިޓީ ސެންޑައިގެ އިރުމަތިން 130 ކިލޯ މީޓަރު (81 މޭލު) ދުރުގައި އުފެދުނު ސުނާމީގައި 132 ފޫޓާ ހަމައަށް އުސްމިނުގެ ރާޅުތައް އުފެދުނެވެ.
މީގެ ސަބަބުން އައްސޭރި ފަށުގައި އަޅާފައިވާ ބޭރު ތޮށިތައް ފުނޑުފުނޑުވެ ރާޅުތައް އަވަށުގެ ތެރެއަށް ވަދެގެންދިއައީ އިމާރާތްތަކާއި، ކާރުތަކާއި މުޅި އަވަށް ދޮވެލާފައެވެ. އަދި މީގެ އިތުރުން ނިއުކުލިއަރ ޓަވަރުން ކަރުންޓު ކެނޑި އަވަށުގެ ބޮޑު ބައެއް ގިރައިގެން ގޮއްސައެވެ. މި ފަދަ ބޮޑެތި ގެންލުންތަކެއް ކުރިމަތިވި މި ބިރުވެރި އަދި ހިތާމަ ވެރި ހާދިސާގައި 15500 މީހުން މަރުވެ 450،000 މީހުންގެ ގެދޮރު ނެތިގެން ގޮސްފައި ވެއެވެ.
ފާއިތުވި އަހަރު ޖަޕާނުން ވަނީ މި ވަރުގަދަ ބިންހެލުމާއި ސުނާމީ އަދި ނިއުކުލިއާ ކާރިސާއަށް 10 އަހަރު ފާހަގަ ކޮށްފައެވެ. މިކާރީސާގައި ނެތިގެންދިއަ ގާތްތިމާގެ މީހުންނާއި ރަށްޓެހިންގެ ހަނދާން އާކޮށް ހެޔޮ ދުޢާ ކުރުމަށް ގިނަ އަދަދެއްގެ މީހުން އައްސޭރިފަށަށް ޒިޔާރަތް ކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!