ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ އެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރ އަށް ފަހުން ފުރަތަމަ ފަހަރަށް އެޕަލްގެ މާކެޓް ކެޕިޓަލްގެ އަގުވަނީ ދެ ޓްރިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. އެއާއި އެކު އެ ކުންފުނީގެ އަގު މިވަނީ ތިން ޓްރިލިއަން ޑޮލަރުގެ ވެއްޓުމެއް ކުރިމަތިވި ފުރަތަމަ ޕަބްލިކް ޓެކް ކުންފުންޏަކަށް ވެގެން ގޮސްފަ އެވެ.

Ad
rt

މިދިޔަ އަންގާރަ ދުވަހު ނިމުނުއިރު، އެޕަލް (އޭއޭޕީއެލް)ގެ ހިއްސާ ވަނީ %4 އާ ގާތްކުރާ އަދަދަކަށް ދަށްވެފަ އެވެ. ކުންފުނީގެ އުފެއްދުންތަކަށް ކޮންސިއުމަރ ޑިމާންޑާ މެދު އަންނަނީ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ނިކޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އިން ވަނީ ދާދި ފަހުން ފުރަތަމަ ކުއާޓަރުގައި އެންމެ މަގުބޫލު ބައެއް ޑިވައިސްތަކުގެ ތެރޭގައި ހިމެނޭ، އެއާޕޮޑްސް، އެޕަލް (އޭއޭޕީއެލް) ވޮޗް އަދި މެކްބުކްސް ފަދަ މަދުކުރުމަށް ބައެއް ސަޕްލައިއަރުންނަށް އަންގާފަ އެވެ.

އެހެން ޓެކް ކުންފުނިތަކެކޭ އެއްފަދައިން އެޕަލް އިން ވެސް ވަނީ ސަޕްލައި ޗޭން ދަތިތަކާއި ރިސެޝަންގެ ބިރުވެރިކަމުން އިޝްތިހާރު ކުރާ ފަރާތްތަކާއި ކޮންސިއުމަރ ހަރަދުތަކަށް ބާރުބޮޑުވެދާނެކަކަމުގެ ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މީގެ ކުރިން އެޕަލް އިން ބުނީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް މޮޑެލްތަކަށް "ވަރުގަދަ ޑިމާންޑެއް" އޮތްކަމަށާއި ނަމަވެސް ޗައިނާގެ ކޮވިޑާ ހާލަތާއިގުޅިގެން ދިމާވި ދަތިތަކާ ގުޅިގެން ލަފާކުރި ވަރަށް ވުރެ ޝިޕްމަންޓް ދަށްވާނެ ކަމަށް ލަފާކުރާ ކަމަށެވެ. ނަމަވެސް މިހާރު އެކަންކަން ހައްލުކޮށް އޮޕަރޭޝަންތައް މިހާރު ކުރިއަށް ގެންދަނީ ގާތްގަނޑަކަށް ފުލް ކެޕޭސިޓީގައި ކަމަށް ބުނެވެއެވެ.

އެޕަލްގެ މާކެޓް ވެލިއު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެހެން ބޮޑެތި ޓެކް ކުންފުނިތަކަށް ވަނީ މި މައްސަލަ ކުރިމަތިވެފަ އެވެ. އެމެޒޯން އާއި ފޭސްބުކްގެ މައި ކުންފުނި މެޓާގެ ހިއްސާ ފާއިތުވި އަހަރު ތެރޭގައި ގާތްގަނޑަކަށް %50 އަދި %63 ދަށްވެފައިވެއެވެ. އެޕަލް އާއި އަޅާކިޔާއިރު، މި މުއްދަތުގައި ގާތްގަނޑަކަށް %31 ދަށްވެފައިވެއެވެ.