ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފި އެވެ.

މި އިންތިހާބުގައި ވާދަކުރީ 3 ކެނޑިޑޭޓުންނެވެ. އަމިއްލަ ގޮތުން ވާދަކުރި އަޙްމަދު ޙުސައިން އަށް ލިބިފައިވަނީ 298 ވޯޓެވެ. އިދިކޮޅު ޕީޕީއެމްއިން ވާދަކުރި ފާތިމަތު އަލީ އަށް ލިބިފައިވަނީ 544 ވޯޓެވެ.

Ad
rt

68 ވޯޓުގެ ތަފާތުން މި އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ނަޡީމް (ފިއްޓޭ) އަށް ލިބިފައިވަނީ 612 ވޯޓެވެ.

އެރަށުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 3412 މީހުންނެވެ. ނަމަވެސް ވޯޓު ލާފައިވަނީ 1489 އެކެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 43.64 އިންސައްތަ އެވެ. ބާތިލް ވޯޓުގެ އަދަދަކީ 35 ހެކެވެ.

މިއިންތިހާބުގައި 5 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ މާލޭގައި 1 ފޮށި އަދި އެރަށުގައި 4 ފޮއްޓެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 އާއި ހަމައަށެވެ.