ފުޓްބޯޅައަށާއި ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯތްބާއި އިޙްތިރާމް ފާޅުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކަންތައް ކޮށްއުޅެއެވެ. އެގޮތުން މިއީ ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯބި ތަފާތު ގޮތަކަށް ދައްކަމުން އަންނަ އާއިލާއެކެވެ.

ނިމިދިޔަ ވޯލްޑް ކަޕަކީ ޗިލީ ގެ ޕަކާޗޭ މިއާއިލާއަށް ވަރަށް ފޯރިގަދަ މުބާރާތަކަށް ވެގެން ދާނެކަން ޔަގީނެވެ. އެއާއިލާގައި ފުޓްބޯޅައިގައި މަޝްހޫރު ތަރިންގެ ނަމުން ނަން ދީފައިވާ އެތައް ކުދިންނެއް އެބައުޅެއެވެ.

Ad
rt

މިއަހަރު މި އާއިލާއަށް އުފަންވި ކުއްޖަކަށް ފްރާންސްގެ ދެ ފުޓްބޯޅަ ތަރިންގެ ޝަރަފުގައި "ގްރިޒްމަން އެމްބާޕޭ" މި ނަން ކިޔާފައި ވެއެވެ. ތުއްތު ކުއްޖާގެ މައިންބަފައިން ލޯކަލް ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ "އެމްބާޕޭ" މިނަން ކިޔަން ބޭނުންވީ ކުއްޖާގެ ބައްޕަ ކަމަށެވެ. މަންމަ ބޭނުންވީ "ގްރިޒްމަން" ކިޔާށެވެ. އެހެންވެ އެކުއްޖާގެ ފުރިހަމަ ނަމަކީ "ގްރިޒްމަން އެމްބާޕޭ ޗަމްބީ ޕަކޭޖޭ" ކަމަށް ބުނެފައިވެއެވެ.

"ގްރިޒްމަން އެމްބާޕޭ" ގެ ދެބެންގެ ދެދަރި ކުދިންގެ ތެރޭގައި ފުޓްބޯޅައިގެ ދުނިޔޭގައި މަޝްހޫރު ނަންތައް ހިމެނެއެވެ. މީގެ ތެރޭގައި "އެލްކްސިސް ޗާރލްސް"، "އަންދްރޭސް އިނިއެސްޓާ"، "ނޭމާ ރޮނާލްޑޯ"، "ލިއޮނަލް މެސީ" އަދި "ޖޭމްސް މޮޑްރިޗް" ކިޔާ ކުދިން ހިމެނެއެވެ.

ކޮންމެއަކަސް އިންތިޒާރު މިކުރަނީ އެއާއިލާއިން ކުރިއަށް އޮތް ދުވަސްތަކުގައި"އާލިންގ ސަލާހް"، "ޖޫޑް ފޯޑެން" އަދި "ކަރީމް ބްރޫއިން" ފަދަ ނަންތައް އުފަންވާނެކަމަށެވެ.

ވޯލްޑްކަޕް 2022 ނިމިގެންދިއައިރު މި މުބާރާތް ތަރި އަކީ އާޖެންޓީނާގެ ލިއޮނެލް މެސީއަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މެސީ ވަނީ އޭނާގެ ޓީމަށް ކާމިޔާބު ހޯދައިދީ ޤަތަރު ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޯލްޑަން ބޯލް ހޯދާފައެވެ. އަނެއްކޮޅުން ފްރާންސްގެ އެމްބާޕޭ ފައިނަލްގައި ހެޓްރިކް ހަދައި ގޯލްޑަން ބޫޓު ހޯދާފައިވެއެވެ. ހަމަ އެއާއެކު އެ ޓީމުގެ ގްރިޒްމަން މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކައި ސަޕޯޓަރުންގެ ލޯބި ހޯދާފައިވެއެވެ.

މި ކާމިޔާބީއަށް އިންތިހާއަށް ފަހުރުވެރިވާނެ އާއިލާ އަކީ ޗިލީ ގެ ޕަކާޗޭ އާއިލާއެވެ.