ގައުމީ ޝިޕިންގ ލައިން އުފައްދަން މިއަހަރު ފަށާނެ: އެސްޓީއޯ
ގައުމީ ޝިޕިންގ ލައިން އުފައްދަން މިއަހަރު ފަށާނެކަަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ. އެސްޓީއޯއަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ރާއްޖެއަށް ގިނަ މުދާ އެތެރެކުރަމުންދަނީ ކަނޑުމަގުން ކަމަށެވެ. ރާއްޖޭގައި ގައުމީ ޝިޕިންލައިނެއް ނެތުމުން މުދާ އެތެރެކުރުމުގައި ދިމާވާ ދަތިތަކެއް ހުންނާނެ ކަމަށާއި އެ...