•  
  •  
  •  
  •  
  •  
  •  
  •  

‏ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެބައިވެރިންނާއި ކަނޑުމަތިން ގުޅިވަޑައިގެންފިއެވެ. 

‏ރައީސް ޞާލިހް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ، ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ގުޅިވަޑައިގަތީ ކުމުންދޫއާއި ވައިކަރަދޫއާއި ދޭތެރޭ ކަނޑުމަތިންނެވެ.

ރައީސް އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ގުޅިވަޑައިގަތުމުގެ ކުރިންވަނީ ހދ. ނޭކުރެންދޫއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ނޭކުރެންދޫއަށް ވަޑައިގަތީ ބްލޫ ޕްރޮސްޕަރިޓީއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ބާއްވާ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ސަރުކާރުން ވަނީ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެންފަށާފައެވެ. މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫޢެކެވެ.

ރައީސް އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ގުޅިވަޑައިގަތުމުގެ ކުރިން އެ ބައިވެރިން މިއަދުވަނީ ހދ. ހަނިމާދޫ، ނޭކުރެންދޫއަށް ވަޑައިގެންފައެވެ.

ދެ ރައީސުން އެކުގައި ފުރަތަމަ ވަޑައިގަތީ ހދ. ވައިކަރަދޫ އަށެވެ. ވައިކަރަދޫއަށް ދެން ވަޑައިގަންނަވާނީ ކުޅުދުއްފުށްޓަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

2 ޚިޔާލު

  1. މި ދަތުރު ތަކުގަ ދައްކަނީ ހުސް ގަޅި ވާހަކަ….މުރަކަޔަކުން ނޫން ތޮށިގަނޑު ލާންވީ އަންނިބޭ ދަތުން….ފޫހި..

  2. އަހަރުމެންނަންހެޔޮ މަތިންފައިބައިގެންވެސްގުޅުނަސް މިފަހަރު އެމްޑީޕީއަން ××××

Your email address will not be published.

More in ކުޑަ