ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމް ކުރުމަށް ކުރާ ދިރާސާ ފެބުރުއަރީމަހު ނިމޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގައި ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލް ޤަފޫރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ މިހާރުވެސް ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކޮންސަލްޓެންޓެއް މަސައްކަތް ކުރަމުންދާކަމަށެވެ.
އަޅުގަނޑުމެން ކުޑައިރުވެސް ދެކެވޭ ވާހަކައެއްމީ ޓްރާންސިޕްމެންޓް ޕޯޓެއް ގާއިމްކުރުމުގެ ވާހަކަ އަކީ، އެހެން ނަމަވެސް އެކަން ކުރެވިފައިނެތީމައި އެކަމުގެ ފުރިހަމަ އެޑްވާންޓޭޖް ނެގޭކައްނެތް މިހާރަކު، ކޮލަންބޯގަ ޕޯޓެއް ހެދިއްޖެ، އިންޑިޔާގަ މިސަރަހައްދާއި ގުޅުންހުރި ބައިވަރު ޕޯޓްތަކެއް އައިސްފި، އެހެންވީމާ އަޅުގަނޑުމެން ބޭނުން ބަލާލަން، ފީޒިބިލިޓީ ބަލާލަން، ކިހާ ފައިދާއެއް ހުރިކަމެއްތޯ މިހާރުގެ ހާލަތަށް ބަލާފަ، ކޮން ގޮތަކަށް އެކަން ކުރީމަތޯ އެކަމުގެ ފައިދާ ނެރެވެނީ،
މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އަދިވެސް ބަލާ ބެލުމުން ސީދާ ރޫޓްއަކަށް އަދިވެސް އޮތީ ދިވެހި ރާއްޖެ ކަމަށާއި އެއިގެ އެޑްވާންޓޭޖް ނެގިދާނެކަމަ ވިދާޅުވިއެވެ.
މިކަމުގެ ދިރާސާތައް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި މިދިރާސާތަކުގެ ރިޕޯޓް މި ފެބުރުއަރީ މަހު ލިބޭނެކަމަށް ފާހަގަ ކުރިއެވެ.
ގަބޫލުކުރެވެނީ މިމަޝްރޫއުއަށް އެއްބިލިޔަން ޑޮލަރާއި ދެބިލިއަން ޑޮލަރު ބޭނުންވާނެ ބޮޑު ޕްރޮޖެކްޓްއެއް އެއީ، މިއީ ކާމިޔާބު ޕްރޮޖެކްޓްއަކަށް ވާކަމަށް ވާނަމަ ހަގީގަތުގައި ޓޫރިޒަމް ސިނާއަތަށްވުރެއް ބޮޑު ސިނާއަތެއް ވުން އެއީ އެކަށީގެންވާކަމެއް، ދުރު ރާސްތާގައި،
މިމަޝްރޫއުގެ ތަފްސީލް ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް ގުޅުންހުރި ގައުމުތަކާއި ވާހަކަ ދައްކަވަމުން ދާކަމަށް މިނިސްޓަރ ފާހަގަ ކުރިއެވެ. އެގޮތުން ސައުދީ އަރަބިޔާ އޫއޭއީ އިންޑިޔާ އަދި އެމެރިކާ ގެ އިންވެސްޓަރުންނާއި ވާހަކަ ދައްކަމުންދާކަން ފާހަގަ ކުރިއެވެ.
ތިލަދުންމަތިން ނެރެވިދާނެ އިޤްތިސާދީ މަންފާއެއްކަމަށް ބުނެ މިދިޔަ ސަރުކާރުންވެސްވަނީ އައިހެވަން ގެ ނަމުގައި މަޝްރޫއު އެއް އިއުލާންކޮށްފައެވެ. އެއީވެސް އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ ބޮޑު މަޝްރޫއެކެވެ.
އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތާއި ފީސިބިލީ ސްޓަޑީ ނިމިފައިވާ ކަން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވައިފައިވަނީ 2018 ވަނަ އަހަރު ދެއްވި ރިޔާސީ ބަޔާނުގަ އެވެ.
ކުރީ ސަރުކަރުން އައިހެވަންގެ މާސްޓަ ޕްލޭންގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ހަވާލު ކުރީ 2016 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާން ކުރި އުތުރުގެ އައިހެވަން ޕްރޮޖެކްޓްގެ މަޝްރޫއުތައް މިހާރު އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އެ މަޝްރޫއުގައި ބަދަލު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ30 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.
އައިހެވަން ޕްރޮޖެކްޓްގެ ތެރެއިން ކޮންމެ ވެސް ވަރަކަށް މަސައްކަތްކޮށްގެން ކޮންމެ ވެސް ވަރަކަށް ހަރަދުތަކެއް ހިނގާފައި ވަނީ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަން އޮތް ޑޮކިއުމަންޓްތަކުގެ ތެރެއިން މިހާރު އޮތް ގޮތުން އެއީ ފީޒިބަލް ޕްރޮޖެކްޓަކަށް ނުވޭ.
ފައްޔާޒު އެއިރު ވިދާޅުވި އެވެ.
އެހެން ނަމަވެސް މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން މި ސަރުކާރުން ނުނިންމާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އެ ގޮތުން މަޝްރޫއަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ސަރުކާރުން އައިހެވަން މަޝްރޫއުގެ މަސައްކަތް ގެންދާނީ ބަދަލުތަކަކާ އެކު ކަމަށް ވިދާޅުވި އެވެ.
ކުރީ ސަރުކާރުގެ 5 އަހަރު ނިމިގެން ދިޔައީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން ނިންމި ސްޕެޝަލް އިކޮނޮމިކް ޒޯން “އައިހެވަން” މަތިން ހަނދާނެއް ނުނެތޭ ކަމަށާއި އެމަޝްރޫއަކީ އުތުރުގެ ތަރައްގީގެ އެންމެ ވަރުގަދަ އަދި އެންމެ ބިޔަ މަޝްރޫކަމަށާއި އުތުރުގެ ތަރައްގީގެ ނާރެސް، އެމަޝްރޫއު ހިނގާނެކަމަށް ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!