ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަދި އެމްޑީޕީގެ ވަފުދަށް ކުޅުދުއްފުށިން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު "އެޖެންޑާ 19 ރަށަށް" މިނަމުގައި ކެމްޕެއިނަށް ތިލަދުންމަތީ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމްޑީޕީގެ ވަފުދަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިދަތުރުފުޅުގައި މާދަމާ ރޭ ކުޅުދުއްފުށީގައި ވަރަށް ޙާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު " އެމްޑީޕީ އިރުވައި" ކޮންފަރެންސް ފެށިގެންދާނެކަމަށް އެޕާޓީއިން ހާމަކުރެއެވެ.
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައިގެން ތިލަދުންމައްޗަށް މިފެއްޓެވި ކެމްޕެއިން ދަތުރުގައި މިއަދު ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކެމްޕެއިންޓީމާ ގުޅިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!