ވަގުތު ފޮޓޯ
  •  
  •  
  •  
  •  
  •  
  •  
  •  

ހއ. ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުލްލަތީފް މުހައްމަދު ރަށްދުދެއްވައިފިއެވެ.

ރޭ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު، ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އިތުރުފުޅެއްކަމަށް ލަތީފް ވިދާޅުވިއެވެ.

ނަޝީދުގެ ރޭ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި އަޅާފައިވާ 250 ފްލެޓްގެ ތެރެެއިން 135 ފްލެޓް ދިއްދޫ ރައްޔިތުންނަށް ދިން އިރު ބާކީ ހުރި ފްލެޓްތައް މިދިޔަ 12 އަހަރު ހުރީ ފަޅަށް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ދިއްދޫގައި އެއްވެސް ފްލެޓެއް އެޅިފައިނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތައް ރައްދުދެއްވަމުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް ވިދާޅުވީ، ދިއްދޫ ރަށްޔިތުން ހިތުންވެސް ނުފިލާނެކަމަށާއި، ހަނދާންވެސް ނުނެތޭނެ ކަމަށާއި، ދިއްދޫގައި އަޅާފައިވާ 250 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ހުރިހާ ފްލްޓްތަކުގެ މަސައްކަތް ނިންމާފައިވަނީ އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ލަތީފް ވިދާޅުވިއެވެ.

އިތުރަށް ލަތީފް ވިދާޅުވެފައިވަނީ ދިއްދޫގައި އަޅާފައިވާ 250 ހައުސިން ޔުނިޓްގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުގައި ނިންމުމަށްފަހު އެ ތަންތަނަށް ބޭނުންވާ ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ބައެއް ޔުނިޓްތައް އޭގެ ހައްގުވެރި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް ވިދާޅުވެ، ލަތީފްވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކޮށްފައެވެ.

ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށީ ރައީސް ވަހީދުގެ ވެރިކަމުގައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ