Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,339 Stories
1,431 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އިޚުލާސް ޤުރުއާން ކުލާހާއި އެކު ކުރިނބީ ރައްޔިތުންނަށް އުފާވެރިކަން
Thiladhunmathi News

އިޚުލާސް ޤުރުއާން ކުލާހާއި އެކު ކުރިނބީ ރައްޔިތުންނަށް އުފާވެރިކަން

ކުރިނބީގައި މިދިޔަ ހުކުރުދުވަހު އަލަށް ހުޅުވިގެން ދިޔަ އިޚުލާސް ޤުރުއާން ކުލާހުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް  މިވަނީ ވަރަށް ބޮޑު އުންމީދެއް އާވެގެން ގޮސްފައެވެ. ކުރިނބީގައިި ޤުރުއާން ކުލާހެއް ހުޅުވިގެން ދިއުމަށް އެރަށު ރައްޔިތުން ކުރަމުން ދިޔަ އުންމީދުތަކަށް މިވަނީ ނިމުނެއް އައިސްފައެވެ. މިކަމުގެ އިންތިޒާރުގައި ތިބި ބެލެނިވެރިން އަދި ހާއްސަކޮށް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމުގެ ފަހި ފުރުޞަތު ތަކެއް މިވަނީ ހުޅުވިފައެވެ....

އިހަވަންދޫ ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި
News

އިހަވަންދޫ ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުން މަޖްލިސްގެ އިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިއީ މިހާތަނަށް އިހަވަންދޫގައި މުޢައްސަސާ އެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ވެބްސައިޓެވެ. މިވެބްސައިޓް ހިންގަން ފެށުމާއިއެކު އިހަވަންދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތ...

ކޯލިޝަން ސަރުކާރެއްގަައި ހިމެނޭ ކޮންމެ ބައިވެރިއަކީވެސް މުހިންމު ބައިވެރިއެއް: މެންބަރު އަބުދު ﷲ ރިޔާޒް
Raajje

ކޯލިޝަން ސަރުކާރެއްގަައި ހިމެނޭ ކޮންމެ ބައިވެރިއަކީވެސް މުހިންމު ބައިވެރިއެއް: މެންބަރު އަބުދު ﷲ ރިޔާޒް

ކޯލިޝަން ސަރުކާރެއްގަައި ކޯލިޝަންގައި ހިމެނޭ އެންމެހާ ބައިވެރިންނަކީވެސް މުހިންމު ބައެއްކަމަށް ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދު ﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. ރިޔާޒް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ބައެއް ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގު މިންވަރު ދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް އެތައް ގޮތަކުން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. ރިޔާޒް މިގޮތަށް ވިދާޅުވީ ” ހައްޤު މިން...

Raajje

ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓް އާންމުކުރާ ދުވަސް ހާމަކޮށްފި

އަންނަ އޭޕްރިލް 4 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ ވޯޓު ލިސްޓް އާންމުކުރާ ދުވަސް އިލެކްޝަންސް ކޮމިސަނުން މިއަދު ހާމަކޮށްފިއެވެ. އެ ކޮމިސަންގެ ނައިބު ރައީސ އަހުމަދު އަކުރަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރައްވާނެ ކަމަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް 10 ދުވަސް ލިބޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވަނީ އެ […]

Raajje

ރާއްޖޭގައި ހިމަބިހި ފެތުރޭކަން އިއުލާންކޮށްފި

ރާއްޖޭގައި ހިމަބިހި ފެތުރޭކަން ހެލްތް މިނިސްޓްރީއިން އާންމުކޮށް އިއުލާންކޮށްފި އެވެ. އެ މިނިސްޓްރީއިން މިއަދު އެކަން ޢިއުލާންކުރީ ހެލްތް މިނިސްޓަރު އަބދު ﷲ އަމީން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށާ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ހިމަބިހި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް މިއަދު ހަވީރު 4:00 ގައި ހެލްތްގެ ޓީމްތައް ގޮސް ވެކްސިން ދޭން ފަށާނެ ކ...

ކޯލިޝަން ސަރުކާރާ ހެދި ހިތްހަމަ ޖެހުން ހޯދޭތަނެއް ނުފެނޭ: ރައީސް ނަޝީދު
Raajje

ކޯލިޝަން ސަރުކާރާ ހެދި ހިތްހަމަ ޖެހުން ހޯދޭތަނެއް ނުފެނޭ: ރައީސް ނަޝީދު

އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ހޯދޭތަން ފެންނަމުން ނުދާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އުތުރަށް ކުރަމުން ގެންދާ އުތުރުގެ ދަތުރުގައި ހއ. އިހަވަންދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީސަޕޯޓަރުންނާއި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސ...

20 މީހުންނާއި އެކު އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި
Raajje

20 މީހުންނާއި އެކު އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި

20 މީހުންނާއި އެކު އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި 20 މީހުންނާ އެކު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 16:55ގައި ލިބިފައިވާ ކަމަށާއި ކޮރަލް ސްޕީޑު ނަމަކަށް ކިޔާ އެ ލޯންޗު ފަރަށް އެރީ ގިރާވަރު ރިސޯޓު (ސެންޓާރާ ރަސް ފުށި ރިސޯޓު އެންޑް ސްޕާ)ގެ ދެކުނު ފަރާތު ފަރަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. […]

އެމްޑީޕީއިން "ތިލަދުންމަތީ ދަތުރު" ފަށައިފި
Thiladhunmathi News

އެމްޑީޕީއިން "ތިލަދުންމަތީ ދަތުރު" ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން “ތިލަދުންމަތީ ދަތުރު” ފަށައިފިއެވެ. 300 އެއްހާ މީހުންނާއެކު ތިލަދުންމައްޗަށް ކުރާ މި ދަތުރު ފަށާފައިވަނީ މިއަދު ހަވީރު 4:30 ހދ. ކުޅުދުއްފުށީ “ސީކުއީން” ބޯޓުގައެވެ. މި ދަތުރުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހއ ހދ އަތޮޅަށް ނިސްބަތްވާ މެންބަރުންނާއި އެމްޑީޕީގެ ޢާންމު މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ. މި ދަތުރުގައި މާދަމާ ދިއުމަށް ހ...

ވެލިދޫ "ބޮގަރު ފެކްޓްރީ"ގެ ފޮޓޯތަކުން ފަކުރުން ހަލާކު!
Raajje

ވެލިދޫ "ބޮގަރު ފެކްޓްރީ"ގެ ފޮޓޯތަކުން ފަކުރުން ހަލާކު!

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިފޮޓޯތައް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މިއީ ހަށިގަނޑަށް ގެއްލުން ލިބޭ ޤނޫނާއި ޚިލާފު އަދި ފަކުރު އެއްޗެއްކަމުން ބޮގަރު ބުއިން ހުއްޓާލައި މިފަދަ ކަންކަން ނުކުރުމަށް އެދިފައެވެ. https://twitter.com/policemv/status/1216311524941168641 މި ތ...

މިއަހަރުގެ ތެރޭ ތަޢުލީމާބެހޭ ޤާނޫނެއް ފާސްވެގެން ދިޔުމަށް އުއްމީދުކުރަން: މިނިސްޓަރ
Raajje

މިއަހަރުގެ ތެރޭ ތަޢުލީމާބެހޭ ޤާނޫނެއް ފާސްވެގެން ދިޔުމަށް އުއްމީދުކުރަން: މިނިސްޓަރ

މިއަހަރުގެ ތެރޭ ތަޢުލީމާބެހޭ ޤާނޫނެއް ފާސްވެގެން ދިޔުމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާޞަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ތަޢުލީމް ފޯރުވައިދެމުންދާތާ މިހާރު 100 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައި ކަމަށާއި އެހެންނަމަވެސް ތަޢުލީމާ ގުޅޭ ޤާނޫނެއްނެތްކަމަށެވެ. މިކަމުގެ ސަބަބުން އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެގެން ވުމާއި، ކަންކަމަށް މީހުން ޒިންމާދާ...

އިއްޒުއްދީން ސްކޫލް ހުޅުވައިފި
Raajje

އިއްޒުއްދީން ސްކޫލް ހުޅުވައިފި

ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދީ އެއްދަންފަޅިއަށް ކިޔަވައިދިނުމަށް މާލޭ ސަރަޙައްދުގައި ހުޅުވާ ފުރަތަމަ ސްކޫލް އިއްޒުއްދީން ސްކޫލް ހުޅުވައިފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު އިއްޒުއްދީން ސްކޫލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްއެވެ. ދިރާސީ އަހަރުގެ ކިޔެވުން އެ ސްކޫލްގައި ފެށީ 240 ކުދިންނާއެކުގައެވެ. އަދި މި ކުދިންނަށް ކިޔަވައިދިނުމަށް 26 މުދައްރިސުން ހަރަކާތްތެރިވަމުންދާނެއެވެ. ޢިއްޒުއްދީން ސްކޫލަކީ ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދިނުމަށް ހަމަޖެ...

ރެހެންދި ސްކޫލުން ދިރާސީ އާ އަހަރު ފެށީ ފަތިސްނަމާދުގެ ބޮޑު ޖަމާއަތަކުން
Raajje

ރެހެންދި ސްކޫލުން ދިރާސީ އާ އަހަރު ފެށީ ފަތިސްނަމާދުގެ ބޮޑު ޖަމާއަތަކުން

ރެހެންދި ސްކޫލުން ދިރާސީ އާ އަހަރު ފެށީ ފަތިސްނަމާދުގެ ބޮޑު ޖަމާއަތަކުން ނެވެ. މިއަދު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ގޯތިތެރޭގައި ވަނީ ދަރިވަރުންނާއި މުދައްރިސުން ބޮޑު ޖަމާއަތެއްގައި ފަތިސްނަމާދު ކޮށްފައެވެ. އެ ސްކޫލުން ބުނެފައިވަނީ މިގޮތަށް ދިރާސީ އާ އަހަރު ފެށީ ފަތިސްނަމާދުން ދުވަސް ފެށުމަށް ކުދިންނަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ. މީގެ އިތުރުން މަޖީދިއްޔާ ސުކޫލުގައިވެސް މިއަދު ކިޔެވުން ފަށާފައިވަނީ ފަތިސް ނަމާދުންނެވެ. ދިރާސީ އާ އަހަރު ފަށާއިރު، ރައްޖޭގެ...

Raajje

އެޑިޔުކޭޝަން މިނިސްޓަރގެ ތަހުނިޔާ ދަރިވަރުންނާއި މުދައްރިސުންނަށް

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބާ އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި، ސްކޫލްތަކުގެ މުވައްޒަފުންނާއި އަދި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ ފޮނުއްވަވައިފިއެވެ. އައު ދިރާސިީ އަހަރަށް މަރުޙަބާ! މި ދިރާސިީ އަހަރަކީ ދަރިވަރުންނާއި މުދައްރިސުންނަށް، ބެލެނިވެރިންނާއި މުވައްޒަފުންނަށް ރަޙްމަތާއި ބަރަކާތުގެ އަހަރެއް ކަމުގައި ލައްވާށި! އާމީން. އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ މެސެޖުގައި ބުނެފައިވެއެވެ. އަ...

ކުޅުދުއްފުށި ސިޓީގެ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ހާއްސަކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ހާއްސަކޮށްފި

ކުޅުދުއްފުށީގެ ހަ ދާއިރާ އިއުލާންކޮށް، މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ހާއްސަކޮށްފި އެވެ. ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ އެ ސިޓީގައި ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ. ކުޅުދުއްފުށީގެ ހަ ދާއިރާ: ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން) ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ […]

ސްޓިކަރ ޖަހާތީ ޝަކުވާ ބޮޑުވެއްޖެ! - 11 ޕާކިން ލޮޓް ހަދާ ނިމިއްޖެ
Report

ސްޓިކަރ ޖަހާތީ ޝަކުވާ ބޮޑުވެއްޖެ! - 11 ޕާކިން ލޮޓް ހަދާ ނިމިއްޖެ

މާލެ ސިޓީ ގައި ސައިކްލުތަކުގައި ސްޓިކާ ޖަހައިގެން ޖޫރިމަނާ ކުރާތީ ޝަކުވާ ބޮޑުވެ ސަރުކަރަށް ފާޑުކިއުން ގަދަ ވެފައިވާ ދަނޑިވަޅެއްގައި، 2019 އަހަރުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް 11 ޕާކިން ޒޯން ހަދާ ނިމި، ޢާންމުންނަށް ހުޅުވާލާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން ބުނީ 11 ޕާކިން ޒޯން ހަދާފައިވާއިރު، އެ ތަންތަނުގައި އެއް ފަހަރާ 80 ނުވަތަ 400 އުޅަނދު ޕާކް ކުރެވޭނެ ކަމަށާއި މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް […]