ގައުމީ ޝިޕިންގ ލައިން އުފައްދަން މިއަހަރު ފަށާނެ: އެސްޓީއޯ

8A09CD37-1E56-4F40-AA59-9F8DC7E00E77

ގައުމީ ޝިޕިންގ ލައިން އުފައްދަން މިއަހަރު ފަށާނެކަަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ރާއްޖެއަށް ގިނަ މުދާ އެތެރެކުރަމުންދަނީ ކަނޑުމަގުން ކަމަށެވެ.

ރާއްޖޭގައި ގައުމީ ޝިޕިންލައިނެއް ނެތުމުން މުދާ އެތެރެކުރުމުގައި ދިމާވާ ދަތިތަކެއް ހުންނާނެ ކަމަށާއި އެހެންނަމަވެސް ގައުމީ ޝިޕިންލައިނެއް އުފެއްދުމުން މިހާރު ހުރި ދަތިތަކަށް ހައްލުތަކެއް ހޯދި، މުދަލުގެ އަގު ހެޔޮކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ އިން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައާއި ރޭގެ ޖަލްސާގައިވެސް ގައުމީ ޝިޕިންގ ލައިން މިއަހަރު ފަށާނެ ކަމަށް އަމްރު އިއުލާންކުރެއްވި ނަމަވެސް މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ.

ގައުމީ ޝިޕިންލައިނެއް އުފެއްދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާ އެގަރާރު ވަނީ ބަލައިގެންފައެވެ.

އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި މިގަރާރުގައި ބުނެފައިވަނީ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިންގ ލައިނެއް އުފެއްދުން މުހިއްމު ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ވިސްނާއިރު މީގެ ކުރިން ރާއްޖޭގައި ގައުމީ ޝިޕިންލައިނެއް އޮތް އިރު، އާމްދަނީގެ ގޮތުގައި 12 މިލިއަން ޑޮލަރު ރާއްޖެއަށް ލިބެމުން ދިޔަ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފާހަގަކޮށްލެވޭ ޝިޕިންގލައިނެއް އޮތް ގައުމެއް ނަމަވެސް ޝިޕިންގލައިން ހިންގި ކުންފުނި ބަގުރޫޓްވެ ޝިޕިންގލައިން ވަނީ ހުއްޓިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތެދުވާހަކަތަކެއް ނުބައި މަގުސަދެއްގައި، ތިޔަކުންފުނިން ދިވެހި އެތަށް އާއިލާއަކުން ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް މުދަލުގެ އަގު ހެޔޮކުރުމުގެ ނަމުގައި އަމިއްލަ އުޅަނދުތަށް އެތެރެކޮއްގެން ބިދޭސިން ޑްރައިވަރުންގެ ގޮތުގައި ލައިގެން އުފުލުމުންވެސް ، އެމްޕީއެލް ސަރަހައްދުގައި އުލޭ ދިވެހިންގެ ލޮރީ ޕިކަޕްގައި ދިވެހިން ލައްވައި މުދާާ އުފުލާ ލަގްޒަރީ، އައިޓީއެލް އަދި މިނޫން އެހެން ކުންފުނިތަކައްވުރެން މުދަލުގެ އަގު ބޮޑުވޭ…..މިގޮތަށް ކަން ހިނގަމުން ދިއުމުގެ ސަބަބުން ތިހަދަން އުޅޭ އެތިފަހަރު ސާފްވޭ….
    ޒީރޯ ޓޮލަރެންސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި