ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމަށް ބޮޑު ތިލަދުންމަތީގެ ދަރިން ލީޑް ނެންގެވުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، އަލްއުސްތާޛާ އަނާރާ ނަޢީމް ގޮވާލައްވައިފިއެވެ.
ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާ އަނާރާ މިގޮތަށް ވިދާޅުވެފައިވަނީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އަނާރާ ވިދާޅުވެފައިވަނީ، ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމަށް ބޮޑު ތިލަދުންމަތީގެ ދަރިން ލީޑް ނެންގެވުން މުހިންމު ކަމަށެވެ.
" ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމަށް ބޮޑު ތިލަދުންމަތީގެ ދަރިން ލީޑް ނެންގެވުން މުހިންމު، ބޮޑު ތިލަދުންމައްޗަކީ ހަމައެކަނި ވޯޓު ކައިރިވުމުން ފެންނަ ސަރަހައްދަކަށް ނަހައްދަވާ "
Boduthiladhunmathi tharaggee kurumah, boduthiladhunmatheege dhareen lead negun muhimmu. Boduthiladhunmachhakee hamaekani vote kairivumun fenna sarahadhhkah nuhadhhavaa.
— Anara Naeem (@AnaraNaeem) January 14, 2020
ބޮޑު ތިލަދުންމައްޗަކީ ހަމައެކަނި ވޯޓު ކައިރިވުމުން ފެންނަ ސަރަހައްދަކަށް ނަހެއްދެވުމަށްވެސް އަނާރާވަނީ ވިދާޅުވެފައެވެ.
އަނާރާ މިގޮތަށް ވިދާޅުވިއިރު، ވޭތުވެ ދިޔަ ސަރުކާރު ތަކުން ތިލަދުން މައްޗަށް ހައްޤު މިންވަރު ހޯދައިދީފައި ނުވާކަމަށް ތިލަދުންމަތީގެ ގިނަ ރައްޔިތުން ބުނަމުން ދެއެވެ.
މިދުވަސްކޮޅުވެސް ތިލަދުންމައްޗަށް ނިސްބަތްވާ ބައެއް ފަރާތްތައް މީސް މީޑިއާގައި، " މިއީ ކޮންމެ އިންތިޚާބަކަށް ބޮޑުވާ ތިލަދުންމައްޗެކެވެ. އިންތިޚާބު ނިމުމުން ކުޑަވާ ތިލަދުން މައްޗެކެވެ. " މި ބަސްކޮޅު ބޭނުން ކުރަމުން އެބަ ގެންދެއެވެ.
ތިލަދުންމައްޗަކީ ޤައުމަށް ބޭނުންވި ކޮންމެ ހިނދެއްގައި ޤައުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދީފައިވާ ރައްޔިތުންތަކެއް ތިބި ސަރަހައްދެކެވެ. ޤައަށްޓަކައި ދިވެހި ތިލަދުންމަތީގެ ދަރިން ވެފައިވާ ޤުރުބާނީ ތާރީޚުގައި ރަން އަކުރުންވަނީ ލިޔެވިފައެވެ.
އަނާރާ ވިދާޅުވި ފަދައިން ތިލަދުންމައްޗަށް ހައްޤު މިންވަރު ހޯދުމަށް ތިލަދުންމަތީގެ ދަރިން ލީޑުނަގައި، އެކަތި ގަނޑަކަށްވުމަށް ތިލަދުންމަތީގެ ގިނަ ބަޔަކުދަނީ ވާހަކަ ދައްކަމުންނެވެ.
އަލްއުސްތާޛާ އަނާރާ ނަޢީމަކީވެސް ތިލަދުންމައްޗަށް ނިސްބަތްވެ ވަޑައިގަންނަވާ، ތިލަދުންމަތި ފަޚުރުކުރުވާ ޤައުމަށް ނުހަނު ޚިދުމަތްތެރި ކަނބަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!