•  
  •  
  •  
  •  
  •  
  •  
  •  

ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖައްސައި، ކޯސްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު އެޔުނިވަރސިޓީއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައި.ޔޫ.އެމް އިން ހދ. ހަނިމާދޫގައި އެ ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖެހިފައިވާ ވާކަމަށެވެ.

އެގޮތުން ޖުމްލަ 56 ކޯހެއް ހަނިމާދޫގައި ފެށުމަށް ޢިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭދައި މާސްޓަރސް ޑިގްރީއަށް ކިޔެވޭ 11 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ 3 ކޯހާއި، ބެޗްލަރސް ޑިގްރީއަށް ކިޔެވޭ 11 ކޯހާއި، އެސޯސިއޭޓް ޑިގްރީއަށް ކިޔެވޭ 1 ކޯހާއި، ޑިޕްލޮމާ ސެޓްފިކެޓް ލެވެލްގެ 10 ކޯހާއި، އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ 8 ކޯހާއި އަދި ސެޓްފިކެޓް ލެވެލްގެ 12 ކޯހެއް ހިމެނެއެވެ.

އެ ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި،30 ޖެނުއަރީ 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ނުވަތަ ހދ. ހަނިމާދޫ ކައުންސިލް އިދާރާއަށް ހުށައެޅުމަށް އެ ޢިއުލާންގައި ވެއެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ