•  
  •  
  •  
  •  
  •  
  •  

ދިވެހިރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށް ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ‏ދިވެހިރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއްކަމަށެވެ. އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން ޑިމޮކްރެޓިވް ވެއްޓެއް ދަމަހައްޓައި، ރައްޔިތުން އެދޭ ކަންކަން ހާސިލެއް ނުކުރެވޭނެކަމަށެވެ.

މޯލްޑިވްސް ރިފޯރމް މޫމެންޓް (އެމްއާރުއެމް) ގެ ފައުންޑަރު އަދި ނައިބު ރައީސާގެ މަޤާމުވެސް ފުރުއްވާ ޔުމްނާ ވިދާޅުވީ އެކަމާ ރައްޔިތުން ފުންކޮށް ވިސްނުމަށެވެ.

މިނިސްޓަރު ޔުމްނާ އެގޮތަށް ވިދާޅުވުމާއި ގުޅިގެން އެއަށް ބާރުދެއްވައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދު ﷲ ރިޔާޒް ވިދާޅުވެފައިވަނީ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލަށް އިންތިޚާބު ކުރަންވާނީ އިޚްލާސްތެރި، ތެދުވެެރިކަމާއެކު ޤައުމަށާއި ހުރިހާ ފިކުރަކަށް ޚިދުމަތް ކޮށްދެވޭނެ ކަންކަން ކުރެވޭނެ ޤާބިލް މީހުންކަމަށެވެ.

މިއަހަރު އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ މިހާރު ވަނީ ކެމްޕެއިން ފަށާފައެވެ. އެމްޑީޕީއިން ކެމްޕެއިނަށް އުތުރުގެ ދަތުރުފަށާފައިވާ އިރު ވަކާލާތު ކުރަމުންދަނީ ތަރައްޤީ ގެނެވޭނީ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް އެމްޑީޕީއަށް ވޯޓު ދީގެން ކަމަށެވެ.

ކައުންސިލް ތަކަށް މީހުން އިންތިޚާބުކޮށް މިހާތަނަށް ގިނަ ރައްޔިތުން ކުރި ތަޖުރިބާގައި ގިނަ ރައްޔިތުން ޚިޔާލު ފާޅުކުރަމުންދަނީ ކައުންސިލްކަށް އިންތިޚާބު ކުރަންވީ ވަކި ފިކުރެއް ބެލުމެއްނެތި ކަން ކުރެވޭނެ ޤާބިލު މީހުން ކަމަށެވެ.

އެ ރައްޔިތުން ދެކޭ ގޮތުގައި ކޮންމެ ފިކުރެއްގެ ބަޔަކު ކައުންސިލަށް އިންތިޚާބުވިޔަސް އެބަޔަކު ރަށްރަށުގެ ތަރައްޤީއަކަށް ހުރަހެއް ނާޅާނެއެވެ. ސަބަބަކީ އެކައުންސިލަރުން ބޭނުންވާނީ، އެކައުންސިލަރުންގެ ދައުރުގެ ތެރޭގައި ރަށް ރަށް ތަރައްޤީ ކުރަން ކަމަށް ވާތީއެވެ. އަދި ވަކި ފިކުރެެއްގެ ކައުންސިލަރުން އިންތިޚާބު ވެގެން ސަރުކާރަކުން އެރަށަކަށް ވެފައިވާ ވަޢުދުތައް ނުފުއްދައި، ބަހަނާއަކަށް ހެދިދާނެ ކަމަަށް އެ ރައްޔިތުން ނުދެކެއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ