Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,623 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
Parliament

މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ ތިން ވަނަ ދަޢުރު، މިފެށޭ ޑިސެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ފާސްކޮށްފިއެވެ. މިޖިލީހުގައި ހުރި މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި މިގޮތަށް ނިންމީ މިހާރު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. މިގޮތަށް ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދައުރު ދިގު އިތުރުކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. […]

އެއްގަމު އުޅނަދުތަކުގައި ހުންނަންޖެހޭ ސްޓިކާތައް އެއް އޮފީހަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ: ވަޙީދު
Parliament

އެއްގަމު އުޅނަދުތަކުގައި ހުންނަންޖެހޭ ސްޓިކާތައް އެއް އޮފީހަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ: ވަޙީދު

އެއްގަމު އުޅނަދުތަކުގައި ހުންނަންޖެހޭ ސްޓިކާތައް ހޯދުމަށް ރައްޔިތުން ޖެހެނީ އެއް ދުވަހު އެއް އޮފީހަށް، އަނެއް ދުވަހު އަނެއް އޮފީހަށް ދުވަން ކަމަށާއި، އެ ސްޓިކާތައް އެއް އޮފީހަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށ...

ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމް ކުރުމުން ފައިދާވަނީ ކިތައް ރައްޔިތުންނަށްތޯ ވިސްނާލަންޖެހޭ: ޔާސިރު
Parliament

ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމް ކުރުމުން ފައިދާވަނީ ކިތައް ރައްޔިތުންނަށްތޯ ވިސްނާލަންޖެހޭ: ޔާސިރު

ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވާއިރު، އެކަމުން ފައިދާވަނީ ކިތައް ރައްޔިތުންނަށްތޯ ވިސްނާލަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން ޔާސިރު ވިދާޅުވީ، ކަންކަން ނިންމަން ވާނީ މި ޤައުމުގެ އެންމެ އާދައިގެ މީހާއަށ...

ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ
Thiladhunmathi News

ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ކަންކަން ރާވާ ހިންގައި، ކުޅިވަރަށް ޚިދުމަތްކުރާ ވަކި މުއައްސަސާއެއް ހުންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ މަޖިލިސްގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުތަކުން ބައިވަރު ދަނޑުތަކާއި، އެކިއެކި ތަފާ...

ކުރިމަގުގައި އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އާއި ހދ. އަތޮޅު: ދޮންބިލެތް  
Thiladhunmathi News

ކުރިމަގުގައި އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އާއި ހދ. އަތޮޅު: ދޮންބިލެތް  

ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އަތޮޅާއި، އާއި ހދ. އަތޮޅު ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. ދޮންބިލެއް އަޙްމަދު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު”އަށް އިޞްލާޙު ގެނައުމުގެ ބިލު...

ދެކުނަށް ''ދެ ސިޓީ'' ލިބޭނަމަ، އުތުރަށް މިލިބެނީ ''ބޭސް ސިޓީ''އެއް: މޮސްޓާ
Thiladhunmathi News

ދެކުނަށް ''ދެ ސިޓީ'' ލިބޭނަމަ، އުތުރަށް މިލިބެނީ ''ބޭސް ސިޓީ''އެއް: މޮސްޓާ

ރާއްޖޭގެ އުތުރަށް އަބަދުވެސް ތަފާތު ކުރާތަން ފެންނަ ކަމަށާއި، ދެކުނަށް ދެ ސިޓީ ލިބޭނަމަ އުތުރަށް ލިބެނީ ބޭސް ސިޓީއެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ ނުރުހުން ފާޅުކުރަށްވާ މި މޭރުމުން ވާހަކަ ދެއްކެވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު”އަށް އިޞްލާ...

އަދާލަތު ޕާޓީއާއިއެކު މަސައްކަތްކުރަން އަބަދުވެސް އެމްޑީޕީ ބޭނުންވޭ: އާޒިމް
Parliament

އަދާލަތު ޕާޓީއާއިއެކު މަސައްކަތްކުރަން އަބަދުވެސް އެމްޑީޕީ ބޭނުންވޭ: އާޒިމް

އަދާލަތު ޕާޓީއާއިއެކު ގާތް ގުޅުމެއް ބާއްވައިގެން ކަންކަން ކުރަން އަބަދުވެސް އެމްޑީޕީން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅު ވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްޖަލްސާގައި، އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައާއިގުޅިގެން، އެމައްސަލާގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ އަދާލ...

އިތުބާރުގެ މައްސަލައަކީ ބަހަނާއެއް: އިމްރާން
Parliament

އިތުބާރުގެ މައްސަލައަކީ ބަހަނާއެއް: އިމްރާން

އެމަނިކުފާނުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައަކީ ބަހާނެއްކަމަށާއި، ސަރުކާރު ބަލިކަށިކޮށްލަން ހިންގާ ފިތުނައެއްކަން ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި، މިއަދު ޖަވާބު ދާރީވެ މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކާގައެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ، އުފައްދައިގެން ބަޔަކު ކުރަހައިގެން އުޅޭ ”ކު...

ޚާރިޖީ ވަޒީރު ނާށިގަނޑު ހިފައިގެން ބޭރު ޤައުމުތަކަށް ސަލާންޖަހަން ދާންޖެހުނީމައި ލަދުގަނޭ: ޢަލީ
Parliament

ޚާރިޖީ ވަޒީރު ނާށިގަނޑު ހިފައިގެން ބޭރު ޤައުމުތަކަށް ސަލާންޖަހަން ދާންޖެހުނީމައި ލަދުގަނޭ: ޢަލީ

ޤައުމެއް ފުދުންތެރިވާނީ، އެ ޤައުމެއްގެ އުފެއްދުން ތެރިކަން އިތުރުކޮށްގެންކަމަށާއި، މިއީ ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރާން މަސައްކަތް ކުރާންވީ ވަގުތު ކަމަށާއި، ދައުލަތުގެ ޚާރިޖީ ވަޒީރު ނާށިގަނޑު ހިފައިގެން ބޭރު ޤައުމުތަކުގެ މީހުންގެ ގާތަށް ސަލާންޖަހަން ދިޔައިމާ ލަދުވެތިކަން އިހްސާސްވެ ވަޑައިގަންނަވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވަނީ ހާލަތާއިގުޅޭ އ...

ޔާސިރުގެ ސުވާލެއް، ބަޖެޓްގައި އުތުރުގެ މަސްވެރިންނަށް އޮތީ ކޮންކަމެއް
Thiladhunmathi News

ޔާސިރުގެ ސުވާލެއް، ބަޖެޓްގައި އުތުރުގެ މަސްވެރިންނަށް އޮތީ ކޮންކަމެއް

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މަސްވެރިކަމުގެ ސިނާއަތަށް ރަނގަޅު ބަޖެޓެއް ހިމަނާފައިވީ ނަމަވެސް، އުތުރުގެ މަސްވެރިކަން ތަރައްޤީކޮށް ފުޅާކުރަން ހިމަނާފައި ނުވާތީ، ބަޖެޓްގައި އުތުރުގެ މަސްވެރިކަންނަށް އޮތީ ކޮންކަމެއްތޯ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސީރު އަބުދުއްލަޠީފް ސުވާލު އުފައްދަވައިފިއެވެ. 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ، ބަޖެޓުގައި މަސްވެރިކަމަށް އެތައް ކަމެއް ހިމަނާފައިވާ ކަމަށެވެ. މިގޮތުން މިފްކޯ ތަރަ...

ވަޢުދު ނުފުއްދުމަށް ދައްކާ ހުއްޖަތެއް ގަބޫލެއް ނުކުރާނަން: ބޮންޑެ
Raajje

ވަޢުދު ނުފުއްދުމަށް ދައްކާ ހުއްޖަތެއް ގަބޫލެއް ނުކުރާނަން: ބޮންޑެ

ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުތަކުގައާއި، އަދި ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ އެމްޑީޕީގެ ވަޢުދެއްކަމަށާއި، އެ ވަޢުދު ނުފުއްދުމަށް ދައްކާ ހުއްޖަތް ގަބޫލު ނުކުރަށްވާނެ ކަމަށް މާފަންނު މެެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޮންޑެ މިހެން ވިދާޅުވީ ”ހުޅުމާލެ ދެވަނަ ފޭހުގައި ގޯތި ދޭނެ ބިމެއް ނެތް” މި ސުރުޚީ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް...

ގިނަ ރަށްރަށުގެ މީހުން އަސާސީ ބޭނުންތައް ނުފުދި ތިއްބާ މާލެ ވަށައިގެން ހަތަރުފަސް ބުރިޖު އެޅުން މަޑުޖައްސާލަންޖެހޭ: ޢަލީ
Parliament

ގިނަ ރަށްރަށުގެ މީހުން އަސާސީ ބޭނުންތައް ނުފުދި ތިއްބާ މާލެ ވަށައިގެން ހަތަރުފަސް ބުރިޖު އެޅުން މަޑުޖައްސާލަންޖެހޭ: ޢަލީ

ރާއްޖޭގެ ގިނަ ރައްތަކެއްގެ ރައްޔިތުންނަށް އަދިވެސް ފެނާ، ނަރުދަމާ ފަދަ އަސާސީ ޙައްޤުތައް ފުރިހަމަ ނުވާކަމަށާއި، އެ ރައްޔިތުންގެ ހައްގުތައް ފުރިހަމަ ނުވަނީސް މާލޭގެ ވަށައިގެން ހަތަރުފަސް ބްރިޖު އެޅުން މަޑުޖައްސާލަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ބަޖެޓުން ސަރުކާރުގެ ހެޔޮ ނިޔަތް ފެންނަ ކަމަށެވެ. ރަނގަޅު ބަޖެޓަކީ ދެކޮޅަށް ވާހަކަ ދެއްކޭނެ އެއްޗެއްކަން ފާހަގަ ކުރަށްވާ އޭނާ ވ...

ދަރަނިން ސަލާމަތް ވެވިއްޖެނަމަ ޅޮސް ބަޖެޓުގައި ވެސް އާރުލާނެ: ފިއްޓޭ
Thiladhunmathi News

ދަރަނިން ސަލާމަތް ވެވިއްޖެނަމަ ޅޮސް ބަޖެޓުގައި ވެސް އާރުލާނެ: ފިއްޓޭ

ދައުލަތުގައި އޮތް ދަރަންޏަކީ މިސަރުކާރުން ކުރިކަމެއް ނޫންކަމަށާއި، ދަރަނި ދައްކަން ޖެހިފައިވަނީ އެންމެ ދަތިވިވަގުތުކަމަށާއި އަދި އެ ދަރަނިން ސަލާމަތް ވެވިއްޖެ ނަމަ ހުށަހެޅިފައިވާ ”ޅޮސް ބަޖެޓުގައި އާރު ލާނެ” ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. ފިއްޓޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ....

ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތުވުމަކީ ޒަމާނުއްސުރެ އޮންނަ މައްސަލައެއް: ޖަމްޝީދު
Thiladhunmathi News

ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތުވުމަކީ ޒަމާނުއްސުރެ އޮންނަ މައްސަލައެއް: ޖަމްޝީދު

ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތުވުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ މައްސަލައެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ، ބަޖެޓް ބަހުސްގެ 3 ދުވަހުވެސް ފެނިވަޑައިގަތީ ދިވެހިރައްޔިތުންގެ އުއްމީދުތައް ހާސިލުކުރުމަށް ޓަކައި، މެންބަރުން ވަރަށް ރޫހުގައި ބަޖެޓުން ލިބެން އޮތް މިންވަރެއް ވީހާވެސް ބޮޑަކަށް ހޯދަން ވަކާލާތު ކުރެއްވިތަން ކަމަށެވެ. ”އެނގިވަޑައިގަނ...

ޕީއެސްއައިޕީގެ އެންމެ މަޝްރޫޢުއެއް ވެސް މަދުކުރާކަށް ތާއީދެއް ނުކުރަން: ޢަލީ 
Thiladhunmathi News

ޕީއެސްއައިޕީގެ އެންމެ މަޝްރޫޢުއެއް ވެސް މަދުކުރާކަށް ތާއީދެއް ނުކުރަން: ޢަލީ 

ބަޖެޓް ކުޑަކުރުމުގެ ގޮތުންކަމަށްބުނެ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ރަށްރަށުގެ ތަރައްޤީއަށް ހިމަނާފައިހުރި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ އެންމެ ޕްރޮޖެކްޓެއް ވެސް މަދުކުރަން ތާއީދު ނުކުރަށްވާކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ. ޢަލީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޢަލީ ވިދާޅުވ...