އިންސާފު ޤާއިމްކުރަން ގެނައި ސަރުކާރުން ލިބުނީ ބޭއިންސާފާއި ހިތްދަތިކަން: ޝިދާތާ
އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް، އިންސާފު ޤާއިމްކުރަން ގެނައި ސަރުކާރުން ލިބުނީ ބޭއިންސާފާއި ހިތްދަތިކަންކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ. ޝިދާތާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ އެކަމަނާ ޖެންޑަރ މިނިސްޓަރކަމުން އިސްތިއުފާ ދެއްވިތާ އެއް އަހަރު ފުރޭ ދުވަސްކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރި އެކަކަށް އެކަމަނާ ވާނެކަމަށެވެ. ސަރުކާރު ގެނައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް އިންސާފު ޤާއިމް ކު...