ވަރަށް ހާލުގައި އުޅޭ މީހުންނަށް ފްލެޓު ނުލިބި އެބަހުރި: ކޮމިޓީ
ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓު ނުލިބި އެބަހުރި ކަމަށާއި، އެ އެންމެނަށް ފްލެޓު ނުދެވުނީ އެ ޢަދަދަށް ނެތުމުން ކަމަށް ފްލެޓު ކޮމިޓީން ބުނެފިއެވެ. ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ފްލެޓު ކޮމެޓީގެ ރައީސް، ތޯހާ މުހައްމަދު ވިދާޅުވީ އެ ކޮމިޓީއަށް ހަވާލު ކުރެވިފައި އޮތީ 2018ގައި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓުތައް ދިނުމަށް ކުރިން ޕޮއިންޓްދީފައި ހުރީ، އެ މަޝްރޫޢު ޢިއުލާން ކުރެވުނުއިރުގައި ހުރި ޝަރުޠުތަކާއި އެއްގޮތަށްތޯ […]