ހއ. ދިއްދޫ މޮނިޓަރިންގއަށް ލާފައިވަނީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން އަންގާފައިވާކަމަށް ދިއްދޫ ކައުންސިލުން ބުނެފި އެވެ.

ދިއްދޫ ކައުންސިލުން ބުނެފައިވަނީ ހއ. ދިއްދޫ މޮނިޓަރިންގއަށް ލުމަށް ނެރެފައިވާ ލިޔުން، ކައުންސިލްގެ ޕޭޖުން ނަގާފައިވާ ވާހަކަ ދަންނަވާކަމަށެވެ.

Ad
rt

މީގެ ކުރިން ދިއްދޫ މޮނީޓަރިންއަށް ލާފައިވަނީ އެއަތޮޅުގެ އެހެންރަށަކުން ޕޮޒިޓިވްކޭސް އަކާއި ގުޅިގެން ބަލަންޖެހޭ އިތުރުކަންކަން ބެލުމަށް ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުންވަނީ މަޢުލޫމާތުދީފަ އެވެ.

ހއ. ދިއްދޫ މޮނިޓަރިންގއަށް ލާފައިވަނީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން އަންގާފައިވާތީ، ހއ. ދިއްދޫ މޮނިޓަރިންގއަށް ލުމަށް ނެރެފައިވާ ލިޔުން، ކައުންސިލްގެ ޕޭޖުން ނަގާފައިވާ ވާހަކަ ދަންނަވަން.

Posted by Secretariat of Dhidhdhoo Council, North Thiladhunmathi on Friday, January 29, 2021

ދީއްދޫ މޮނީޓަރިން އަށް ލުމަށްފަހު އަލުން މޮނީޓަރިން އުވާލާފައިވާކަމަށް ކައުންސިލުން ބުނެފައިވާއިރު އެއަތޮޅު މުރައިދޫވެސް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.