ވިޒިޓް މޯލްޑިވްސްއިން ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ޓްރިޕް އެޑްވައިޒަރ އާއެކު "އެސްކޭޕް ޓު މޯލްޑިވްސް: ކާމް އެވެއިޓްސް"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕެއިނަކީ އެމެރިކާ ޔޫރަޕް އަދި އޭޝިއާ ޕެސިފިކްގެ ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

Ad
rt

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް މި ކެމްޕެއިންގައި އެގައުމުތަކުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ހިތްގައިމު މާހައުލުގައި ޗުއްޓީ ހޭދަކުރުމުގެޝައުގުވެރިންކަން އުފައްދައިދެވޭނެ ކަމަށާއި ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިން ދަތުރުކުރަން ފެށުމުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރުދެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މި ކެމްޕެއިނާއި ގުޅިގެން ޓްރިޕް އެޑްވައިޒާގެ ގްރޫޕް ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން، ސާރާ މެތިއުސް ވިދާޅުވީ ސައިޓް ޑޭޓާއިން ދައްކާ ގޮތުގައި ފަތުރުވެރިން އެންމެ ދާންބޭނުންވަނީ ހިތްފަސޭހަ މަންޒިލަކަށް ކަމަށެވެ. އެހެންކަމުން މިކެމްޕެއިން މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއައުމަށް ޝައުޤުވެރިކަން އުފެއްދޭނެ ކަމަށް ސާރާ މެތިއުސް ވަނީ ވިދާޅުވެފައެވެ.

ސައިޓް ޑޭޓާއިން ދައްކާ ގޮތުގައި ފަތުރުވެރިން އެންމެދާންބޭނުން ވަނީރިލެކްސް އަދި އަންވައިންޑް ކޮއްލެވޭ މަންޒިލަކަށް. ފަތުރުވެރިން އެންމެ ގަޔާވަނީ ބީޗް ހޮލިޑޭސް އާއި އައުޓްޑޯ ހަރަކާތްމި ކެމްޕެއިން މެދުވެރިކޮށް ރާއްޖެއިން މި ހިދުމަތްތައް ލިބެން ހުންނަކަން އަންގައިދީ އިޝްތިހާރު ކުރެވޭނެ

ސާރާ މެތިއުސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިކެމްޕެއިން ތެރޭގައި ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާފަދަ ކޮންޓެންޓާއި ރާއްޖޭގައި ތަޖުރިބާ ކުރެވެން ހުންނަ ކަންކަމާއި ޚިދުމަތްތައް އިޝްތިހާރުކުރެވިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި މުޅި ކެމްޕެއިންގެ ތެރެއިންވެސް މުހިންމު އިސްކަމެއް ދީގެން ރާއްޖެގައި އަޅާފައިވާ ސިއްހީ ހަރުދަނާ ފިޔަވަޅުތަކާއި، ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަކީ ހުރިހާ ގޮތަކުންވެސް އެންމެ ރައްކާތެރި އަދި ހިތްގައިމު ދަތުރަށް ވެގެންދާނެކަމަށް ބުނެދެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

2021 ވަނަ އަހަރު ވިޒިޓް މޯލްޑިވްސްއިން ފަށާފައިވަނީ މުޅިން އާ ސްޓްރެޓެޖީތަކަކާ އެކު ކޮވިޑް-19ގެ ކުރިން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ވަރަށް ފަތުރުވެރިން ގެނައުމުގެ އަމާޒުގައެވެ. އެގޮތުން ތަފާތު ބޮޑެތި މާކެޓިން ކެމްޕެއިންތަކެއް މިއަހަރު ތެރޭގައި ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި އެއާލައިން އަދި ޓުއާ އޮޕަރޭޓަރުންނާއެކު ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި ފެމެލިއަރައިޒޭޝަން ޓްރިޕް ތަކާއި އަދި ޓްރެވަލް ޓްރޭޑް ފެއާތަކާއި ރޯޑް ޝޯ ތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން ހިމެނެއެވެ.