އިދިކޮޅުގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެއްޖެ
މިރޭ މާލޭގައި އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެއްޖެ އެވެ. ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން އިސްނަގައިގެން، ފިޔަވަތީގައި ހިނގާ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް މާލޭގައި މިރޭ ބޭއްވި މުޒާހަރާ ކަވަރުކުރުމަށް އުޅުނު 13 ގެ ނޫސްވެރިއެއްގެ ބޯ ފަޅައިގެން ދިއުމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުން ނެވެ. އާންމުންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން އޭނާގެ ބޯ ފަޅައިގެން ގޮސްފައި ވަނީ މަޖީދީ މަގާއި ޗާން...