މަކުނުދޫ މިސްކިތެއްގެ މައިކުގެ ކޭބަލް ބުރިކޮށްލާ ގެއްލުންދީފި

މަކުނުދޫ މިސްކިތެއް،
ފޮޓޯ:ވާސިފް/މަކުނުދޫ
މަކުނުދޫ މިސްކިތެއް، ފޮޓޯ:ވާސިފް/މަކުނުދޫ

ހދ. މަކުނުދޫ މިސްކިތެއްގެ މައިކުގެ ކޭބަލް ބުރިކޮށްލާ ގެއްލުން ދީފިއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ތިލަދުން"އަށް ވިދާޅުވީ، އެރަށު ނޫރު މިސްކިތުގައި ބަންގި ގޮވައި، ނަމާދު ކުރުމަށް އިމާމު ބޭނުންކުރާ މައިކުގެ ކޭބަލް މީހަކު ބުރިކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަން އިނގުނީ ބުދަ ދުވަހުގެ ފަތިސް ނަމާދު ބަންގި ގޮވަން މުދިމް މިސްކިތަށް ދިޔުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަން ވާނީ ފުލުހުންނަށް ރިޕޯޓް ކޮށްފައި" އައުޒަމް ވިދާޅުވިއެވެ.

އެރަށުގެ ނޫރު މިސްކިތުގައި ބޭނުންކުރާ މައިކުގެ ވާގަނޑު މީހަކު ބުރިކޮށްލުމާއިގުޅިގެން އެރަށުން މި ނޫހަށް ވާހަކަ ދެއްކި ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެކަން ކުރި މީހަކު ކުރީ މިސްކިތުގައި ނަމާދު ކުރާއިރު ބޭރަށް އަޑު އިވޭހެން ސައުންޑްގެ އަޑުގަދަކޮށްފައި ހުންނާތީ ކަމަށް ބެލެވޭ ކަމަށެވެ.

"އެކަހަލަ އަޑު އެބަހުރި އިވިފައި" އެތަނުން އެކަކު ބުންޏެވެ.

ނަމަވެސް މަކުނުދޫ މިސްކިތުގެ މައިކު ކޭބަލް ބުރިކޮށްލީ ނަމާދުކުރާ އަޑު ބޭރަށް އިވޭތީކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި