ކުޅުދުއްފުށި ރައްޔިތުންނަކީ ވިޔައަކުރަށް ވޯޓުދޭބައެއް ނޫން، ބޭނުންވަނީ ފެންނަ، އިޙްސާސް ވާން
އުތުރުގެ ރައްޔިތުން އަދި ޚާއްޞަކޮށް ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަކީ ވިޔައަކުރަކަށް ވޯޓުދޭ ބައެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ، އެކަމެއް ފެންނަންކަމަށާއި އެކަމެއްގައި އަތްލެވެން އަދި އެ ކަމެއް އިހުސާސުވާންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެ އެވެ. މެންބަރު ޔާސިރު މިހެން ވިދާޅުވީ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި މިއަދު ވާހަކަ ފުޅުދައްކަވަމުންނެވެ. ޔާސިރު އިތު...