ކުޅުދުއްފުށި ރައްޔިތުންނަކީ ވިޔައަކުރަށް ވޯޓުދޭބައެއް ނޫން، ބޭނުންވަނީ ފެންނަ، އިޙްސާސް ވާން

MP Yasir

އުތުރުގެ ރައްޔިތުން އަދި ޚާއްޞަކޮށް ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަކީ ވިޔައަކުރަކަށް ވޯޓުދޭ ބައެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ، އެކަމެއް ފެންނަންކަމަށާއި އެކަމެއްގައި އަތްލެވެން އަދި އެ ކަމެއް އިހުސާސުވާންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެ އެވެ.

މެންބަރު ޔާސިރު މިހެން ވިދާޅުވީ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި މިއަދު ވާހަކަ ފުޅުދައްކަވަމުންނެވެ.

ޔާސިރު އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އަދަދެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ ކަންކަންވުން ކަމުގަ އެވެ. އެގޮތުން މި ބަޖެޓުގެ ތެރެއިން ކަނޑައެޅިފައި ހުރި ކަންކަން އަންނަ އަހަރު ހާސިލުވެގެންދިޔުމަކީ ކުރާ އެންމެ ބޮޑު އުންމީދުކަމަށާއި އަދި އެ ކަންތައްތައް ހާސިލުކުރުމަށް ޓަކައި އަޅުގަނޑު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރާނެކަމުގެ ޔަގީންކަން ވެސް އެ ރައްޔިތުންނަށް އަރުވާކަމަށް ޔާސިރު ވިދާޅުވި އެވެ.

ބަޖެޓުގައި އޮތީ އަންދާޒާކުރާ އަދަދުތަކެއްކަމަށާއި އޭގެތެރެއިން ކުރާނެ ކަންތައްތައް ވަރަށް ރަނގަޅަށް ޖެހޭނެކަމަށާއި އަދަދުތައް ވެސް ޖެހޭނެކަމަށް ވިދާޅުވި އެވެ. ނަމަވެސް އެންމެ ބޮޑު މައްސަލައަކަށް އަބަދުވެސް ދިމާވެފައި އޮންނަނީ، އަންދާޒާކުރާ މިންވަރަށް އާމްދަނީ އަޅުގަނޑުމެންނަށް ލިބޭތޯ އުފެދޭ ސުވާލު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދިޔަ ފަސް އަހަރަށް ބަލައިލި ކަމުގައި ވިޔަސް އަދި އެ ތާރީޚުގައި ވެސް އަޅުގަނޑުމެންނަކަށް ހަމަ ވަރަށް މަދުން ނޫނީ ފެނިފައެއް ނެތް، އަޅުގަނޑުމެންނަކަށް އަންދާޒާކުރާ މިންވަރަށް އަޅުގަނޑުމެން އާމްދަނީ ލިބޭ ތަނެއް. ރައްޔިތުންނަށް އުންމީދުތަކެއް ދޭއިރުގައި އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ، އަޅުގަނޑުމެން އަންދާޒާކުރާ މިންވަރަށް ފައިސާ ހޯދުމަށް ޓަކައި، އާމްދަނީ ހޯދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމުގައި އަޅުގަނޑު ދެކެން."

ޔާސިރު ބަހުސްގައި ވިދާޅުވި އެވެ.

މިއަދު 24 ބިލިއަނަށް އަޅުގަނޑުމެންގެ އާމްދަނީ އިތުރުކޮށްފިކަމަށާއި ދިވެހިރާއްޖެއަށް ޖީ.އެސް.ޓީއާއި، ބީ.ޕީ.ޓީއާއި، އިންކަމް ޓެކްސާއި އަދި ވަށާޖެހޭ ޓެކްސްގެ ނިޒާމެއް ތަޢާރަފުކޮށްފިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންނަށް ޓަކައި ފޮތްފަންސޫރަށް ސަލާންޖެހުމާއި، ނާސްތާ ޕްރޮގްރާމާއި، ހަމަ މިހެންގޮސް ހިލޭ ޑިގްރީއާ ހިސާބަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައި ބޭސްކުރުން، ޞިއްޙީ ޚިދުމަތް ހޯދުން ރަނގަޅުކޮށްފިކަން ހާމަ ކުރި އެވެ.

"އަޅުގަނޑުމެންގެ ދެވަނަ ވެރިކަމުގައި، އަޅުގަނޑުމެންގެ މިއަދުގެ ވެރިކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖެތެރޭގެ ޞިއްޙީ ނިޒާމު ތަރައްޤީކުރަމުންދަނީ އަޅުގަނޑުމެން ދުވަހަކު ވެސް ދެކިފައިނުވާ މިންވަރަށްކަން އަޅުގަނޑު ހަމަ ފާހަގަކުރަން."

މިހާރު ސަރުކާރުން ކުރަމުން އަންނަ ކަންކަމަށް އިޝާރާތްކޮށް ޔާސިރު ވިދާޅުވި އެވެ.

މިހިނގާ 2021 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން މިއަދު މި ކުރާ ކަމަކީ، ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށާއި އޭގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަކަމަކީ ފެނާއި ނަރުދަމާ ފޯރުކޮށްދިނުންކަމަށް ވިދާޅުވި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި