ހދ.މަކުނުދޫ / ސޭޑީގްރޯވް، ޙަސަން ފަހީމް ރަހީނުކޮށް، އޭނައާއި ދެކޮޅަށް ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫކައުންސިލްގެ އިދާރާއިން ކުއްވެރިކޮށްފި އެވެ.
އެކައުންސިލުން ނެރެފައިވާ ނޫސް ބަޔާންނެއްގައި ބުނެފައިވަނީ 17 ނޮވެމްބަރ 2021 ބުދަ ދުވަހުގެ ރޭ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑްގައި މަސައްކަތްކުރައްވާ ހދ.މަކުނުދޫ / ސޭޑީގްރޯވް، ޙަސަން ފަހީމް ރަހީނުކޮށް، އޭނައާއި ދެކޮޅަށް ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއާއި މަކުނުދޫގެ އެންމެ ރައްޔިތުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި ކަމާބެހޭ އިދާރާތަކުން އަނިޔާލިބުނު ފަރާތާ ދެކޮޅަށް ހިންގުނު މި ލާ އިންސާނީ ޢަމަލު، އެންމެ އަވަހަކަށް ތަޙުޤީކޮށް ކުށްވެރިނަށް ޙައްޤު އަދަބުދިނުމަށް މި އިދާރާއިން ގޮވާލާކަމަށްވެސް ބުނެފައިވެއެވެ.
"މިފުރުޞަތުގައި ހދ.މަކުނުދޫ ސޭޑީގްރޯވް، ޙަސަން ފަހީމަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށާއި، ރައްކާތެރިކަން ދެއްވުމަށް އެދި ދުޢާ ކުރަމެވެ."
އެނޫސްބަޔާނުގައި ބުނެފައިވެއެވެ.
7 މީހުންގެ ގުރޫޕަކުން ކޯސްޓް ގާޑުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 37 އަހަރުގެ ސިފައިންގެ ޙަސަން ފަހީމް ރަހީނުކޮށް، އަނިޔާކޮށްވަނީ ފައިސާ ހޯދަން މަސައްކަތް ކޮށްފަ އެވެ.
ރޭ މާފަންނުން އޭސް ހާރޑްވެއަރ ހުންނަ ހިސާބުން ހިނގާފައިދަނިކޮން މިސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ 11:30 ހާއިރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން ޙަސަން ފަހީމް ގެންގޮސް ރަހީނުކޮށްފައިވަނީ އެސަރަހައްދުގައި ހުރި ކޮޓަރިއަކަށެވެ. ޙަސަން ފަހީމް ފެނިފައިވަނީ އައިޖޭއެމްކައިރިއަށް އެއްލާލައިފައި އޮއްވަ އެވެ.
ޙަސަން ފަހީމް އަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކެއް ވަނީ މިހޫނަށް ލިބިފައެވެ. އޭނާގެ ގައިން ފެންނަށް ހުރި ޒަހަމްތަކަށް ބަލާއިރު މުޅިގައިގައި އެއްޗަކުން ތަޅާފައި ހުރިކަމުގެ ނިޝާންތައް ފެނެއެވެ. ސިގިރޭޓްފަދަ އެއްޗަކުން ގައިގައި ޖައްސާ ފިއްސާލާފައިވާއިރު ތޫނު އެއްޗަކުން މޫނުމައްޗަށްވެސް ވަނީ އަނިޔާ ކޮށްފަ އެވެ. މޫނުމަތިވެސް ވަރަށް ބޮޑަ ވަނީ ދުޅަވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!