ދިވެހިންގެ ބޭންކުގެ އެކައުންޓުތައް ސުމަކަށް! އާންމުންނަށް ބޮޑު ތަކުލީފެއް، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް

BML

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުރި ކަސްޓަމަރުންގެ އެކައުންޓް ބެލެންސް ސުމަކަށް ބަދަލުވުމާއި އެކު އާންމުންގެ އާންމު ދިރިއުޅުމުގައި ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ ވިޔަފާރިތަކަށް ބޮޑޫ ގެއްލުމެއް ވެއްޖެ އެވެ.

ރޭ 12:00 އީން ފެށިގެން ބޭންކުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށްބުނެ ބީއެމްއެލްގެ ގިނަ ޚިދުމަތްތަކެއްވަނީ މެދުކަނޑާލާފަ އެވެ. ފަތިހު 5 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ މިމެއިންޓަރނެންސް އަށްފަހުވެސް ބީއެމްއެލްގެ ޚިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް އަންނަނީ ޚިދުމަތް ޙޯދުމުގައި ބުރޫ އަރަމުންނެވެ. އެގޮތުން މިވަގުތާއި ހަމައަށްވެސް ގިނަ ވަގުތު ދަނީ ޚިދުމަތް ބޭނުން ނުކުރެވި އެވެ.

ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ނަގުދު ފައިސާ އަތުގައި ގެންގުޅޭ ބައެއް ނޫނެވެ. އެއާއި އެކު އެކި ޚިދުމަތްތައް ހޯދަމުން އައީ އިންޓަރނެޓް ބޭންކިންގ އާއި ކޭޝްކާޑުން ނެވެ. މިއަދު ބީއެމްއެލް އެޕްއިން ގިނަވަގުތު އެކައުންޓް ބެލެންސްގެ ގޮތުގައި ދައްކަނީ ސުމެކެވެ. އެއާއި އެކު އޮންލައިން ކޮން ވިޔަފާރި ކުރާ ފަރާތްތަކާއި އެކި ޚިދުމަތް ހޯދުމަށްވަނީ ދަތިތަކާއި ކުރި މަތިވެފައެވެ.

ރާއްޖޭގެ ގިނަ ވިޔަފާރިތައްވެސް ބަރޯސާ ވެފައިއޮންނަނީ ކޭޝްކާޑު ނުވަތަ ބޭންކް ޓްރާންސްފާރ އަށެވެ. އެގޮތުން ރެސްޓޯރެންޓް އެއް ހިންގާ ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި އެހެން ދުވަސް ދުވަހާއި އަޅާ ބަލާއިރު މިއަދުގެ ސޭސް ބޮޑު ތަނުން ދަށެވެ. ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫ އެރުމާއި އެކު ކެފޭތެރޭގައި ގިނަބަޔަކު ފައިސާ ނުދެއްކި ވަރަށް ގިނައިރު ވަންދެން މަޑުކުރަން ޖެހުނެވެ.

މާލޭގެ ފިހާރައެއް ހިންގާ ފަރާތަކުން ބުނީ އެފިހާރައިގެ ސޭލްސްއަށް ވެސް މިއަދު އަސަރުކޮށްފައިވާ ކަމަށެވެ. ގިނަ ބަޔަކު މުދާ ގަންނަން އައިސް ފައިސާ ނުދެއްކިގެން އަނބުރާ ދާނެ ޖެހިފައިވާކަމަށްވެސް ބުންޏެވެ.

ބީއެމްއެލްއިން ވިދާޅުވި ގޮތުގައި އެ ބޭންކްގެ ބޭންކިންގ ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށެވެ. ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ހޯދުމަށް ބޭންކުން ދަނީ މަސައްކަތްކުރަމުންކަމަށް ވިދާޅުވިތާ 5 ވަރަކަށް ގަޑި އިރުވެއްޖެ އެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށްއެދޭކަމަށްވެސް ދިވެހިންގެ ބޭންކުން ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

    1. ގޭގެ ސަރކެޓް ވެއްޓުނަސް ސަރުކާރު. ސައިކަލްގެ ޕެޓްރޯލް ހުސްވިޔަސް ސަރުކާރު. ޢުދައެރިޔަސް ސަރުކާރު. ދިވެހިންގެ ވިސްނުން ބައްޓަންވެފާ މިހުރީ ކިހިނެއް؟؟؟

  1. ގޭގެ ސަރކެޓް ވެއްޓުނަސް ސަރުކާރު. ސައިކަލްގެ ޕެޓްރޯލް ހުސްވިޔަސް ސަރުކާރު. ޢުދައެރިޔަސް ސަރުކާރު. ދިވެހިންގެ ވިސްނުން ބައްޓަންވެފާ މިހުރީ ކިހިނެއް؟؟؟

  2. އަނެއްކާ ތި ބޭންކު ހިދުމަތް ދޭން ފަށާއިރު ރައިއްޔަތުންގެ އެކައުންޓު ތަކުގާ ފައިސާފޮއްޗެއް އޮންނާނެ ބާ!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި