ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 94،000،000.00 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

Ad
rt

މިމަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 18.857 ކިލޯހުންނާނެކަމަށް ކަސްޓަމްސް އިން ވިދާޅުވި އެވެ. ބްރެޒިލް އިން ވައިގެ މަގުން ރާއްޖެ އައި މިމީހާގެއަކީ އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެކެވެ. މިމީހާ ބަލާ ފާސްކޮށްފައިވަނީ ޝައްކުކުރެވޭ އަމަލުތަކެއް ފެނުމުން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާކަމަށެވެ.

"ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފަ، މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 18.857 ކިލޯގުރާމް ހުއްޓެވެ."

ކަސްޓަމްސް އިން ވިދާޅުވި އެވެ.

މިމައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިކަމަށް ވިދާޅުވި އެވެ.