ހަތަރު ސަބަބެއް ބަޔާންކޮށް އަދާލަތުގެ ތާއިދު އެމްޑީޕީ ކެންޑިޑޭޓަށް
އަންނަ މަހުގެ ފަހެއްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއިދުކުރަން އަދާލަތު ޕާޓީ (އޭޕީ) އިން ނިންމައިފި އެވެ. ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އޭޕީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއިދުކޮށްދިނުމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައ...