އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލު ގެނެސްފި އެވެ.
އެސްޓީއޯއިން މިރޭ ބުނެފައިވަނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިކަމަށެވެ.
މިހެންވުމުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑުވެފައިވާކަމަށް ބުނެފައި ވެއެވެ.
މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަކީ ޕެޓްރޯލް ލީޓަރެއް 12.06 ރ. އަށް އަދި ޑީސަލް ލީޓަރެއް 12.44 ރ. އަށެވެ.
އެސް.ޓީ.އޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަގޮތެއްގައި އެކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދެމުން ގެންދިއުންކަމުގައި ބުނެފައި ވެއެވެ.
އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އިރުން ފެށިގެން ތެޔޮ ވިއްކަމުން އައީ ޕެޓްރޯލް ލީޓަރެއް 11.16 ރުފިޔާއަށް އަށް އަދި ޑީސަލް ލީޓަރެއް 11.84 ރުފިޔާއަށެވެ.
ތެލުގެ އަގު މިއަދު އުފުލުމާއި އެކު ޕެޓްރޯލް ލީޓަރަކުން 90 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ ބޮޑަށް އުފުލެންފެށީ ކޮވިޑްގެ ހާލަތާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ރަނގަޅުވާން ފެށުމުންނެވެ. އެއާއި އެކު ކުއްލިއަކަށް ތެލަށް އޮތް ޑިމާންޑް އިތުރުވީ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއެއް 86.71 ޑޮލަރު (1،337ރ.) އަށް އަރައިފަ އެވެ. މިއީ މި އަހަރު ފެށުނު ހުރި އަގާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.
ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!