ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ތަހާރަތު މުހައްމަދު ވަހީދު (ތަހާ) އައްޔަން ކޮށްފި އެވެ.
ތަހާއަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ރާއްޖެ ޓީވީގައި މަސައްކަތް ކުރަމުން އައި ނޫސްވެރިއެކެވެ. މިފަހުން ތަހާ މަސައްކަތް ކުރަމުން އައީ އަމިއްލަ މީޑިއާއެއް ހިންގެވި އެވެ.
ތަހާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލްކުރައްވާފަ އެވެ.
ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.
ރާއްޖެ ޓީވީގެ ގިނަ ނޫސްވެރިންތަކަކަށް މިސަރުކާރުގައި ވަނީ ސިޔާސީ މަގާމުތައް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!