ހަތަރު ސަބަބެއް ބަޔާންކޮށް އަދާލަތުގެ ތާއިދު އެމްޑީޕީ ކެންޑިޑޭޓަށް

raees imran

އަންނަ މަހުގެ ފަހެއްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއިދުކުރަން އަދާލަތު ޕާޓީ (އޭޕީ) އިން ނިންމައިފި އެވެ.

ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ

އޭޕީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއިދުކޮށްދިނުމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޕާޓީގެ މަޝްވަރާ މަޖިލީހުގެ މަޝްވަރާކޮށް، އެ މަޖިލީހުގެ އަޣުލަބިއްޔަތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ފާސްކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

މި ކޯލިޝަން ސަރުކާރުގައި ހިމެނޭ އޭޕީގެ ބަޔާނުގައި ވަނީ އެ ގޮތަށް ނިންމި މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ފުރަތަމަ ކަމަކަށް، އާ ގާނޫނުގެ ދަށުން މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ބަލާއިރު މި ސަރުކާރުގައި އަމާން، ސުލްހަވެރި މުޖުތަމައުއެއް ގާއިމްކޮށް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް އަދި ކޮވިޑުގެ ވަބާއާއެކު މެދުވެރިވި އިގުތިސޯދީ ދަތިތަކާއެކު ވެސް ރާއްޖޭގެ އިގުތިސޯދު ހަރުދަނާކޮށް ކާމިޔާބުކަމާއެކު ކޯލިޝަން ސަރުކާރެއް ހިންގަމުންދާތީ އެވެ.

ދެވަނަ ކަމަކަށް، އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސްގެ އަރިހުގައި އަދާލަތުން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމައަށް ވެސް އެކަށީގެންވާ ހައްލެއް ހޯދުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ތިނަވަނަ ކަމަކަށް، ގައުމު ސުލްހަ މަސަލަސްކަން ގާއިމްކޮށް މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރި އެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް މިނިވަން ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް ހަމަހަމަ އުސޫލެއްގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ އުމްރާނީގޮތުން ރާއްޖެ ތަރައްގީކުރުމަށް މުޅި ރާއްޖޭގައި މަޝްރޫއުތައް ކުރިއަށްދާކަން ފެންނަން އޮތް ކަމަށް ފަހުކަމެއްގެ ގޮތުގައި ބުނެފައިވެއެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ދެމެހެއްޓުމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދައުލަތުގެ ނިޒާމް ހަރުދަނާކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި ފަށާފައިވާ ސިޔާސީ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު މި ވަގުތަށް އޮތްގޮތް ކަމުގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ގަބޫލުކުރެވޭ،"

އޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފޯރި ގަދަ ކެންޕެއިންއެއް ފެނިގެންދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަނީ މޫސާ ފަތުހީ އަދި އެމްއެންޕީގެ ޓިކެޓުގައި އަބްދުލް ހަންނާން އިދުރީސް އެވެ.

އޭޕީއިން މިގޮތައް ނިންމާފައިވާ އިރު ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ ތެރެއިން ރައީސް މައުމޫންގެ އެމްއާރުއެމްއިން އެމްޑީޕީގެ ކެންޑިޑޭޓްއަށް ތާއީދެއް ނުކުރައްވައެވެ. ނަމަވެސް ޖޭޕީއިން ތާއީދު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު އަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *