މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމައްދު ނަޝީދާއި، އެމްޑީޕީގެ ލީޑަޝިޕް ބޭފުޅުން މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ.

މިދަތުރުގައި ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ހެއްދެވި ޕީސީއާރު ޓެސްޓުން އެމަނިކުފާނު ކޯވިޑް-19އަށް ޕޮޒިޓިވްވުމުން ވަޑައިގެންނެވޭގޮތް ވަނީ ނުވެފައެވެ.

Ad
rt

ކެންޑިޑޭޓް ނަމްބަރު 1 ރާޝިދުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ފޯކައިދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާއަށް ވަރަށްބޮޑަށް އެރަށް ވަނީ ތައްޔާރުވެފައެވެ.

ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ.

ކޮމަންޑޫ ދާއިރާގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްވާމެއްގައި ނިންމުމަށް ރާޝިދު އިންތިޚާބު ކުރަންޖެހޭ ކަމަށް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، އަންނަ ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.