ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުން ދަނީ ވަރަށް ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތެއްގައި ކަމަށާއި، އެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ގޮވާލަށްވައިފިއެވެ.
އަމީންގެ މި ކަންބޮޑުވުމާއެކު ވަނީ އެ ސްކޫލްގެ އިމާރާތެއް ހާލަތު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓާގައި އާންމު ކުރަށްވާފައެވެ.
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ އާއި، އެޗްއާރުސީއެމް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ޓެގް ކުރަށްވާ ކުރަށްވާފައިވާ އެ ޓްވީޓްގައި ކަންބޮޑުވުން ފާޅުކުރަށް ވަމުން އަމީން ވިދާޅުވީ، މިވަގުތު ވެސް ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުން ދަނީ ވަރަށް ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތެއްގައި ކަމަށެވެ.
"މިކަން ބަލާ މިކަން ހައްލުކޮށްދިނުމަށް ސަރުކާރައް ގޮވާލަން އަޅުގަނޑުމެންގެ ދަރިން މިތަންތަނައް ފޮނުވައިގެން މިތިބެނީ ބިރުވެރި ކަމެއްގެ ތެރޭގައި" އަމީން ވިދާޅުވެފައެވެ.
މިވަގުތު ވެސް ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުން އެދަނީ ވަރަށް ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތެއްގައި މިކަން ބަލާ މިކަން ހައްލުކޮށްދިނުމަށް ސަރުކާރައް ގޮވާލަން އަޅުގަނޑުމެންގެ ދަރިން މިތަންތަނައް ފޮނުވައިގެން މިތިބެނީ ބިރުވެރި ކަމެއްގެ ތެރޭގައި @aisthly @hrcmv @Mraee12 pic.twitter.com/OjaHIdR4t0
— Ameen Mohamed (@Ameenkumundhoo) January 20, 2022
އަމީންގެ މި ކަންބޮޑުވުމާއި ގުޅިގެން މަކުނުދޫ ދާއިރާގެ މެންބަރު ރާޢީ ވިދާޅުވީ، އަލަށް އެޅުމަށް ކޮންޓްރެކްޓް ހަވާލު ކުރެވިފައިވާ 12 ކުލާސް ރޫމް ގެ މަސައްކަތް ވީހާވެސް އަވަހަށްފެށުމަކީ މި ކަމުގެ ހައްލުކަމަށެވެ. އަދި ހޯދުނު ގޮތަކަށް ކޮންޓްރެކްޓް ހޯދުމާއި އަދި ބައި އެޅިގެން ހޯދާ ކޮންޓްރެކުޓުން ޖަވާބު ދާރީ ކުރުވުން ދަތި ކަމަކަށްވާނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފައެވެ.
"މިނިސްޓަރު އައިޝަތު ޢަލީއަށް އެކި ގޮތް ގޮތުން މިނިސްޓްރީގެ ތެރެއިން އުނދަގޫ ކުރުމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހި ވާނޭ ގޮތް ގޮތަށް މަސައްކަތް ކުރާ ސިޔާސީ ކޮން އައްޔަން ކޮށްފައިވާ ފަރާތް ތަށް ވަކި ކުރަން ޖެހޭ" ރާޢީ ވިދާޅުވެފަވެއެވެ.
ކުމުންދޫ ރައީސް އަމީންއާއި، މެންބަރު ރާޢީގެ މި ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު ކުމުންދޫ ސްކޫލްގެ 12 ކްލާސްރޫމްގެ އައު އިމާރަތް އެޅުމަށް، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަކަށް ހަވާލުކޮށްފައިވާ މި މަސައްކަތަކީ، 12,616,224.72 (ބާރަ މިލިއަން ހަލައްކަ ސޯޅަހާސް ދުއިސައްތަ ސައުވީސް ރުފިޔާ ހަތްދިހަ ދެ ލާރި) ގެ މަޝްރޫޢޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!